Advertisement

ފެލިވަރު އިތުރަަށް ތަރައްގީ ކުރަން ފަސް ހެކްޓަރުގެ ބިން ހިއްކަނީ

FacebookTwitterWhatsAppTelegramViber

ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކުރުމަށް ފެލިވަރުގެ ބިން ހިއްކަން އީއައިއޭ ހަދަން ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ފެލިވަރުން ހިއްކުމަށް ހަމަޖެހިފައި ވަނީ، އެ ރަށުގެ އިރުމަތީފަރާތުން ރަށާއި ގުޅުވައިގެން ފަސް ހެކްޓަރުގެ ބިމެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން މިފްކޯގައި ރަޖިސްޓްރީ ކުރަންޖެހެ އެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެ އެވެ.

މިފްކޯގެ ދަށުން ހިންގާ ގއ. ކޫއްޑޫގައި ހުރި މަސް ކާރުހާނާގެ ކެޕޭސިޓީ 6000 ޓަނަށް އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މި އަހަރުގެ ތެރޭގައި އިންވެސްޓް ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފްތާގައި އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

މިފްކޯގެ ދަށުން ހިންގާ ކޫއްޑޫ އަދި ކަނޑުއޮށްގިރީގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް އިތުރުކުރުމަށް، މި އަހަރުގެ ބަޖެޓުގައި 50.6 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ފެލިވަރުގައި މަސް ގަނޑުކުރާ ސްޓޯރޭޖްގެ ކެޕޭސިޓީ އަކީ 750 ޓަނު މަހެވެ. އެ ތަނުގައި ހުންނަނީ 250 ޓަނު ރައްކާ ކުރެވޭ ތިން ސްޓޯރޭޖެވެ. އެ ތަނުން އެއް ސްޓޯރޭޖްގައި މައްސަލަ ޖެހި މިހާރު މަސް ގަނޑުކުރާ ސްޓޯރޭޖްގެ މިންވަރު 600 ޓަނަށް ދަށްވެފައި ވުމެވެ. ދުވާލެއްގެ މައްޗަށް އެ ތަނުގައި ގަނޑުނުކޮށް، ފިނިކޮށްފައި މަސް ބެހެއްޓޭ ޖާގަ އަކީ 15 ޓަނެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްވެރިން ބާނާ މަސް ނުކިރޭތީ އެކަމުގެ ޝަކުވާ މަސްވެރިން އަބަދު ވެސް ކުރެ އެވެ. މި ކަމަށް ދާއިމީ ހައްލެެެއް ލިބެން އޮތީ އެ ތަން އިތުރަށް ތަރައްގީކޮށްގެން ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top