Advertisement

ވިލިމާލެ / ފޮޓޯ: މުހައްމަދު ނާވީ

ވިލިމާލޭގެ ދެ ސަރަހައްދަކުން 24 ގަޑިއިރު ވިޔަފާރި އަށް ހުޅުވާލައިފި

FacebookTwitterWhatsAppTelegramViber

ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތަކެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އެ ދެ ސަރަހައްދަކީ، ވިލިމާލެ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދާއި އެ ރަށު ވާރުހިނގުމުގައި ހުންނަ ވިޔަފާރިތަކަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިލިމާލޭގެ އެ ދެ ސަރަހައްދުގައި ސައި ހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި ކެންޓީނާ ބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އަށް އެދެވޭނެ ކަމަށެވެ.

ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަނުގައި ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދަ އަށް އެދޭ ތަނުގައި ފުރިހަމަ ވާން ޖެހޭ ކަންކަން ފުރިހަމަވެފައި ވޭތޯ ބަލައި ޗެކް ކުރުމަށް ފަހު އެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރާ ތަންތަން ނަމާދު ވަގުތަށް ބަންދުކުރަން ޖެހެ އެވެ. ނަމަވެސް، އެހެން ހުރިހާ ގަޑިތަކުގައި ހިދުމަތް ލިބެންޖެހޭނެ އެވެ.

ސައުވީސް ގަޑިއިރަށް ހުޅުވުމަށް ވިޔަފާރިތަކަށް ހުއްދަ ދޭން ފަށާފައި ވަނީ މެދުކެނޑުމަކަމަށް ފަހު މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެ ހުއްދައިގެ ދަށުން، މާލޭގެ އިތުރުން ބައެއް ބޮޑެތި ރަށްރަށުގައި ވެސް 24ގަޑިއިރު ބައެއް ފިހާރަތަކާއި ކެފޭތަކުން ހިދުމަތް ދެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top