Advertisement

އެލައިޑްގެ ޗެއާމަންގެ މަގާމުން ހިޔަލީ އިސްތިއުފާ ދެއްވައިފި

FacebookTwitterWhatsAppTelegramViber

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ ޗެއާމަންގެ މަގާމުން މުހައްމަދު ރަޝީދު (ހިޔަލީ) އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ހިޔަލީ އިސްތިއުފާ ދެއްވިކަން އެލައިޑުން ރޭ ވަނީ ހާމަކޮށްފަ އެވެ. އެހެން ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް ނުބުނެ އެވެ.

"ވޭތުވެދިޔަ ހަ އަހަރުދުވަހުގެ ތެރޭގައި އޭނާ ވަނީ އަގުނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކުންފުންޏަށް ކޮށްދެއްވާފައި. އެ ހިދުމަތްތަކަށް ޝުކުރު އަދާކުރަން،" އެލައިޑުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހިޔަލީ، އެލައިޑްގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. އެހެން ނަމަވެސް، މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ޕީޕީއެމް ދޫކުރައްވައި އެމްޑީޕީ އަށް އޭނާ ސޮއިކުރެއްވުމާ އެކު، އާ ސަރުކާރުގައި ވެސް އޭނާ އެލައިޑްގެ ޗެއާމަންގެ މަގާމުގައި ދެމިހުންނެވި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދޭ އެލައިޑުން ތަފާތު އެކި ދާއިރާތަކަށް ހާއްސަ އިންޝުއަރެންސް ޕެކޭޖުތައް ވިއްކަ އެވެ. އޭގެ ތެރޭގައި ފަޔާ އިންޝުއަރެންސް، ލައިފް އިންޝުއަރެންސް، މެޑިކަލް އިންޝުއަރެންސް، މެރިން ހަލް އިންޝުއަރެންސް އަދި ޓްރެވަލް އިންޝުއަރެންސް ހިމެނެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގާ އެލައިޑުގެ ފައިދާ އިތުރުވެ، އެ ކުންފުނީގެ އިންޝުއަ ކުރުމުގެ ގާބިލުކަން ވަނީ 140 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top