ދައުލަތުގެ ދަރަނި އަދާކުރަން އިތުރު ދަރަނިތައް ނަގަމުންގޮސް، ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަރަނި އަދާކުރަން ދަރަނި ނެގުން އިރުވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަތުން ދޫވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ދަރަނީގެ "ވިހަ ބުރުން" މިންޖު ނުވެއްޖެނަމަ ބޮޑެތި ގެއްލުންތަކާ ރައްޔިތުން ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ޜާއްޖޭގެ ރިޒާވް ދަށްވެ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރު ޖޭޕީ މޯގަންއިންވެސް ދީފައިވާއިރު ރާއްޖޭގެ ދަރަނި ވަނީ 100 ބިލިއަނާ ކައިރިކޮށްފަ އެވެ. ދަރަނި ދައްކަންވެސް ސަރުކާރުން ދަރަނި ނަގާފައިވާއިރު ދައުލަތުގެ ހަރަދަށް ޒިއްމާވާ ގާނޫނުގެ އަކުރުތައް ސަސްޕެންޑްކޮށް ސަރުކާރުންވަނީ 6.5 މިލިއަން ރުފިޔާ ޗާޕުކޮށްފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވެރިކަމަށް ހަތަރު އަހަރު ނުވަނީސް 37 ބިލިއަންގެ ދަރަނި ވަނީ އިތުރުވެފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި މި މިންވަރުގެ މުއްދަތެއްގައި ދަރަނި މި މިންވަރަށް އުފެއްދި ފުރަތަމަ ފަހަރެވެ.

ނަމަވެސް މާލީވަޒީރާއި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކަމަށާއި މިއަރު އިގްތިސާދު 13 ޕަސެންޓް ކުރިއަރާނެ ކަމަށެވެ.