ވޯލްޑް އޯޝަންސް ޑޭ ފާހަގަ ކުރުމަށް ބީއެމްއެލް އިން ޑައިވް ކްލަބްތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް 'ޑިސްކަވަރ ޑައިވް' ގެ ހަރަކާތްތަކެއް ހިންގައިފި އެވެ. މި ޑައިވްގައި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސޭބިލިޓީސް އަދި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވަނީ 18 ކުދިން ބައިވެރިވެފަ އެވެ.

މިއަދު ބީއެމްއެލްއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުރިއަށް ގެންދިޔަ ޑައިވް ތަޖުރިބާ ކުރުމުގެ ހަރަކާތުގެ ތެރެއިން.. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ތިން ޑައިވް ސެންޓަރެއް ވަނީ މި ޑިސްކަވާ ޑައިވްގެ ހަރަކާތްތައް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށެވެ. އެއީ ޑައިވާސް ލޮޑްޖް މޯލްޑިވްސް، ޑައިވް ކްލަބް މޯލްޑިވްސް އަދި މޫދު ބުޅާ ޑައިވް ސެންޓަރު އެވެ.

މިއަދު ބީއެމްއެލްއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުރިއަށް ގެންދިޔަ ޑައިވް ތަޖުރިބާ ކުރުމުގެ ހަރަކާތުގެ ތެރެއިން.. ފޮޓޯ: ބީއެމްއެލް

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު އެއް މަގްސަދަކީ ޑައިވް ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތެރަޕިއުޓިކް ކަމަކަށް ވުމާއެކު އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.

މިދުވާހާއި ގުޅުވައިގެން ބޭންކުން ވަނީ ޓިކްޓޮކް ޗެލެންޖެއްވެސް ހުޅުވާލާފަ އެވެ. 'މޫދު މޯމެންޓްސް' ގެ ނަމުގައި ކުރިޔަށްދާ މި ޗެލެންޖުގައި މޫދު ސިފަވާ ގޮތް ނުވަތަ މޫދަކީ ކޮބައިކަން ހާމަކޮށް، ވީޑިއޯއެއް އުފައްދައި ޓިކްޓޮކްގައި ހިއްސާކުރަންޖެހެ އެވެ. ޓިކްޓޮކްގައި ޕޯސްޓްކުރާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިނަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. މި ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު 13 ޖޫން 2022 ގެ ނިޔަލަށް ލިބިގެންދާނެ އެވެ.

މި ޓިކްޓޮކް ޗެލެންޖަރ އާއި ގުޅޭ އިތުރު މައުލޫމާތު:

https://www.bankofmaldives.com.mv/world-oceans-day-tiktok-challenge-moodhumoments