Advertisement

މަންޓާ އެއާގެ ހުރިހާ ޑިޕާޓްމަންޓެއްގައި ވަނީ އަހަރި ދުވަސް ފާހަގަކޯށޤފައި / ފޮޓޯ: މަންޓާ

މަންޓާ އެއާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފި

FacebookTwitterWhatsAppTelegramViber

މަންޓާ އެއާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.

ފަސިންޖަރުންގެ މެދުގައި އެންމެ މަގުބޫލު ޑޮމެސްޓިކް އެއާލައިން، މަންޓާ އެއާގެ ހިދުމަތް ފެށީ މިދިޔަ އހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ދ. އަތޮޅަށް އޭރު ދަތުރު ފެށި ނަމަވެސް، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މަންޓާ އެއާ އިން ވަނީ އިތުރު މަންޒިލްތަކަށް ދަތުރުކުރަން ފަށާފަ އެވެ. އެގޮތުން، ބ. ދަރަވަންދޫ އަދި ގއ. ކޫއްޑޫ އަށް މިހާރު މަންޓާ އިން ވަނީ ދަތުރު ފަށާފަ އެވެ.

އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް، މަންޓާ އެއާގެ ފްލީޓުގައި އެންމެ ފަހުގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ތިން ބޯޓު އޮވެ އެވެ. މި ބޯޓުތަކުގެ ދެ ސީޓު ދޭތެރޭގައި ހުންނަ ޖާގަ ބޮޑުކޮށް، ފަސިންޖަރުންނަށް އަރާމުކޮށްލުމުގެ ފުރުސަތު ލިބޭނެ ގޮތް މަންޓާ އެއާ އިން ވަނީ ފަހިކޮށްދީފަ އެވެ.

މަންޓާ އެއާ އިން ވަނީ މިދިޔަ ނޮވެމްބަރު މަހު ސީޕްލޭންގެ ހިދުމަތް ވެސް ފަށާފަ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޝެޑިއުލް ސީޕްލޭން ހިދުމަތެވެ. މި ހިދުމަތް ދިނުމަށް ހަ ސީޕްލޭން ގެނެސްފައި ވާއިރު، އިތުރު ހަތަރު ސީޕްލޭން ގެނައުމުގެ މަސައްކަތް އެ އެއާލައިން އިން އަންނަނީ ކުރަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top