އިމާރާތްކުރާއިރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކޮލިޓީ ރަނގަޅު، ގިނަ ދުވަހަށް އިމާރާތް ދެމިހުންނަ ގޮތަށް އިމާރާތްކުރެވޭނެ ސިމެންތި ހޯދުމަށެވެ. ރާއްޖޭގައި ވެސް އެކި ބްރޭންޑްތަކުގެ ސިމެންތި އެތެރެކޮށް ވިއްކަ އެވެ. ނަމަވެސް ވިލާ ސިމެންތިއަކީ ރާއްޖޭގައި ވިއްކާ އެންމެ ކޮލިޓީ ރަނގަޅު އަދި އެންމެ ބޮޑެތި މަޝްރޫއުތަކަށް ބޭނުންކޮށް އިތުބާރު ހޯދާފައިވާ ސިމެންތިއެ އެވެ.

ވިލާ ހަކަތައިން ކ. ތިލަފުށީގައި ހިންގާ ސިމެންތި ކާރުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ އަވަހަށް ސިމެންތި ބަންދުކުރާ ކާރުޚާނާ އެވެ.

އެ ސިމެންތިއަށް އޮންނަ ޑިމާންޑް ވެސް ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އެއާއެކު އެ ކުންފުނިން އަންނަނީ ކަސްޓަމަރުންނަށް ވީހާ ވެސް އަވަހަކަށް އަދި ބޭނުންތަކަށް ގެންގޮސްދިނުމަށް މަސައްކަތްކުރަމުންނެވެ.

މިގޮތުން ވިލާ ސިމެންތިއަށް އޯޑަރު ދިނުމުން މިހާރު މާލެ އަދި ހުޅުމާލެއަށް ގެންގޮސް ދޭން ވަނީ ފަށައިފަ އެވެ.

ވިލާ ސިމެންތި ކާރުޚާނާގައި ސިމެންތި ބަންދުކުރި ސިމެންތިތަކެއް ދޯންޏަކަށް ބަރުކުރަނީ. ފޮޓޯ: ވިލާ ހަކަތަ

ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސްއިން ވިއްކާ "ވިލާ ސިމެންތި"އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު ސިމެންތި ބަންދުކުރާ ކާރުޚާނާ އަދި ސިމެންތި ގުދަން ކުރެވޭ ތަނެވެ.

ވިލާ ސިމެންތި ކާރުޚާނާގައި 50 ކިލޯގެ ބަސްތާގެ އިތުރުން އެއް ޓަނުގެ ޖަމްބޯ ބޭގް ވެސް ހިމެނެ އެވެ. މިއީ ހަމައެކަނި ޖަމްބޯ ބޭގްގައި ސިމެންތި ބަންދުކުރާ ހަމައެކަނި ކާރުޚާނާ އެވެ.

ވިލާ ސިމެންތި ކާރުޚާނާގައި ސިމެންތި ބަންދުކުރަނީ. މިއީ ރާއްޖޭގައި އުފައްދާ އެންމެ ފެންވަރު ރަނގަޅު ސިމެންތި. ފޮޓޯ: ވިލާ ހަކަތަ

އެންމެ ޒަމާނީ މެޝިނަރީއެކު، ތިލަފުށީގައި ހުންނަ އޮޓޮމޭޓެޑް ކާރުޚާނާގައި އެއްފަހަރާ ގިނަ އަދަދެއްގެ ސިމެންތި ބަންދުކުރުމުގެ ގާބިލްކަން ލިބިފައިވުމަކީ ރާއްޖޭގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ސިމެންތި ފޯރުކޮށްދިނުމަށް ލިބޭ ވަރަަށް ބޮޑު ފުރުސަތަކަށް ވެގެންދެ އެވެ.

https://www.instagram.com/p/CdaoRPmJ3DO/

ވިލާ ސިމެންތި ވަނީ މީގެ ކުރިން ރާއްޖޭގައި ހިންގި ބޮޑެތި ވަރަށް ގިނަ މަޝްރޫއުތަކަށް ބޭނުންވާ ކޮލިޓީ ސިމެންތި ފޯރުކޮށްދީ އިތުބާރު ހޯދާފަ އެވެ. މިގޮތުން އެ ސިމެންތި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ރާއްޖޭގައި އެންމެ ގިނައިން ވިއްކި ސިމެންތި އެވެ.

ވިލާ ސިމެންތި މީގެ ކުރިން ފޯރުކޮށްދިން ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި:

  • ސިނަމާލެ ބްރިޖް މަޝްރޫއު
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ މަޝްރޫއު
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް މަޝްރޫއު
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް މަޝްރޫއު
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް މަޝްރޫއު
  • ހުޅުމާލޭގައި ހިންގި ސޯޝަލް ހައުސިން މަޝްރޫއުތައް
  • ރިސޯޓް ތަރައްގީކުރުމުގެ ބައެއް މަޝްރޫއުތައް

ވިލާއިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު

އެ ކުންފުނިން ވިއްކާ އިމާރާތްކުރުމުގެ ސާމާނަކީ ހުރިހާ ކަމެއް ވެސް މަތީ މިންގަނޑުތަކަށް ފެތޭ ކޮލިޓީ މެޓީރިއަލް ތޯ ޔަގީންކުރެ އެވެ. އަދި ރަނގަޅު ތަމްރީނު ލިބިފައި ތިބި، ހުނަރުވެރި ޓީމެއް އެ ކުންފުނީގައި ހަރަކާތްތެރިވެ އެވެ.

ވިލާ ހަކަތައިން ވިއްކާ ސާމާނުގެ ތެރޭގައި ޕްލައިވުޑް، ޝެރާ ބޯޑު، ބައިންޑިން ވަޔާ، ޑިފޯމްޑް ސްޓީލް ބާ، އެގްރިގޭޓް، ކޯސް ސޭންޑް، ޓިމްބާ، ބްލެކް ފްލިމް ފޭސްޑް ޕްލައިވުޑް ރޫފިން އަދި އަދި މިނޫން ވެސް އެތައް ސާމާނެއް ވިއްކަ އެވެ.

ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސްއިން ސިމެންތި އާއި އިމާރާތްކުރަން ބޭނުންވާ ސާމާނު ގަތުމަށް ފޯނުން 3343183 ގުޅައިގެން އަދި ވައިބާ ނަމްބަރު 7236464 އަށް އޯޑަރު ދެވޭނެ އެވެ. މީގެ އިތުރުން [email protected] އީމެއިލް މެދުވެރިކޮށް ވެސް އޯޑަރު ދެވޭނެ އެވެ.

އިމާރާތް ދިގު މުއްދަތަކަށް ދެމިހުންނަ ގޮތަކަށް ހެދުމަށް ކޮލިޓީ ސިމެންތި ހޯދުން ވަރަށް މުހިންމެވެ. އެކަމަށް އެންމެ ރަނގަޅީ ވިލާ ސިމެންތި އެވެ.