ސަޅި ވީކްލީގެ ނަމުގައި ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކުވެސް 145 ރުފިޔާއަށް 23 ޖީބީ ޑޭޓާ ލިބޭނެ ކަމަށެވެ.

އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮމްބޯ އަދި ސަޅި ޕްރީޕެއިޑް ގެންގުޅޭ ކަސްޓަމަރުން ނަމަ ސަޅި ވީކްލީ ޕްލޭންގެ ދަށުން

ކޮންމެ ދުވަހަކު ތިން ޖީބީ ޑޭޓާ އަދި ހަފުތާ ބަންދުގައި ދެ ޖީބީ ސޯޝަލް މީޑިއާ ޑޭޓާ އެލެވެންސްވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ހަފްތާ ބަންދުގައި ސޯޝަލް މީޑިއާ އެލަވަންސްގެ ތެރޭގައި ފޭސްބުކް އިންސްޓަގްރާމް، ޓްވިޓާ، ސްނެޕްޗެޓް އަދި ފޭސްބުކް ފަދަ މަޝްހޫރު އެޕްލިކޭޝަންތައް ހިމެނެ އެވެ.

މީގެ އިތުރުން، ސަޅި ވީކްލީ ޕްލޭން އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ދިރާގު ނަމްބަރުތަކަށް އަންލިމިޓެޑް ކޯލް ކުރެވޭނެ އެވެ. ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ސަޅި ޕްރީޕެއިޑް ޕްލޭންތައް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.