ރާއްޖޭގެ އެންމެ މަގުބޫލް އެއް ބްރޭންޑް "ހިޓާޗީ" އަށް ހާއްސަ ކޮށްގެން އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝާންއެއް މިއަދު ފަށައިފި އެވެ.

އަންނަ އޯގަސްޓް 30 ގެ ނިޔަލަށް ކުރިޔައްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ވެސް ކުރިޔައްދާނެ އެވެ.

އެސްޓީއޯ އިން އެތެރެކޮށް ވިއްކާތާ 25 އަހަރަށް ވުރެ ގިނަދުވަސްވީ މި ބްރޭންޑްގެ އުފެއްދުންތަކަކީ ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ އެއް ނަމްބަރު ބްރޭންޑެވެ.

އެސްޓީއޯއިން ބުނިގޮތުގައި ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަމެޝިން، އެއާޕިޔުރިފަޔާ، ޓީވީ، ޕަންޕު، ވެކިއުމް ކުލީނާ، ރައިސްކުކަރު، އަވަން، އަދި އެއާކޯން ހިމެނޭހެން ގިނަ ޕްރޮޑަކްޓްތަކަކަށް 30 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބެ އެވެ. މީގެ އިތުރުން އެއާކޯން އަދި ރެފްރިޖިރޭޓަރު ފަދަ ތަކެތި ގެތަކާ ހަމައަށް ގެންގޮސްދިނުން އަދި އެއާ ކޮންޑިޝަނާ ހަރުކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެސްޓިއޯ އިން އެތެރެކޮށް ވިއްކާ ހިޓާޗީ ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ފެށި ހާއްސަ ޕްރޮމޯޝަން އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު މިއަދު އިފްތިތާހުކޮށްދެއްވަނީ. ފޮޓޯ: އެސްޓީއޯ

ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެ އެވެ. އަދި، މި ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވައި ވަރަށް އަގުހުރި އިނާމުތަކެއް ދޭން ނިންމާފައިވެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި 3 ފަރާތެއްހޮވައި، ކޮންމެ ފަރާތަކަށް ވެސް 50،000 ރުފިޔާގެ އެސްޓީއޯ ޕީޕަލް ޗޮއިސް ގިފްޓް ވައުޗާއެއް ދޭން ވެސް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ސޯޝަލް މީޑިޔާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓުކޮށްގެން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި ފަރާތެއްހޮވައި އެފަރާތަށް ވަރަށް އަގުހުރި އިނާމެއް ދޭން ވެސް ނިންމާފައިވެ އެވެ. މި މުބާރާތުގެ އިތުރު މައުލޫމާތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުން ލިބޭނެ އެވެ

އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ އޭސީގެ 6 މޮޑެލްއެއްގެގައި ، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފަ އެވެ. މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ.

އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. އެސްޓީއޯއިން ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އާއްމު އޭސީތަކަށް ވުރެ 42 ޕަސެންޓް ކަރަންޓް މަދުން ބޭނުންކުރާ އެއާ ކޮންޑިޝަންތައް ހިމެނެ އެވެ. ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ ދަށުން އައިސް އަލަމާރިއާ ދޮންނަ މެޝިންގައި ވެސް ލޭބަލް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިވެހިންގެ މެދުގައި އިތުބާރު ދަމަހައްޓާފައިވާ ކަރަންޓް ހަރަދު ކުޑަ، ފެންވަރު ރަނގަޅު އޭސީ ނުވަތަ އައިސަލަމާރިއެއް ގަންނަން ވިޔަސް އަދިވެސް ހަމަ ހިޓާޗީ ވަރެއް ނެތެވެ.