މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓް ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ގުރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް މާދަމާ ހެނދުނު 6:30 އިން 7:30 އާއި ދެމެދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިމަސައްކަތް ކުރަމުން އަންނަ ވަގުތުތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެ ކަމަށް އެކުންފުނިން ހާމަކުރެ އެވެ.

އެގޮތުން އެ މަސައްކަތް ކުރިޔަށް ދާއިރު މާލޭގެ 5 ސަރަހައްދަކުން 10 މިނެޓަށް ކަރަންޓް ކެނޑޭނެ އެވެ.

ކަރަންޓް ކެނޑޭ ސަރަހައްދުތައް:

  • ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދު
  • ނަސަންދުރަ ހިމެނޭ ސަރަހައްދާއި، ކާނިވާ ސަރަހައްދު
  • ގާކޮށި ފުލެޓާއި، އަރަބިއްޔާ ފުލެޓު ހިމެނޭ ސަރަހައްދު
  • ގަޑިބުރު ސަރަހައްދާއި، މަޖީދީމަގު ފިނިޕާކު ހިމެނޭ ސަރަހައްދު
  • މާފަންނު މަދަރުސާއާއި ދުނބުރި މިސްކިތް ހުންނަ ސަރަހައްދު

ސްޓެލްކޯއިން ބުނީ، ކަރަންޓް ކެނޑުމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.