މާފަންނުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަނީ ޓްރާންސްފޯމަރު އަޕްގްރޭޑިން މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އެގޮތުން މިއަދު މެންދުރުފަހު 1:00 އިން 3:45 އާއި ދެމެދު މާފަނުންގެ 6 ސަރަހައްދަކުން ކަރަންޓް ކެނޑޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

މާފަންނުން މިއަދު ކަރަންޓް ކަނޑާލެވޭނެ ސަރަހައްދުތަކަކީ މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔަމަގު، ހަނދުވަރީ ހިނގުން، ޝަހީދު އަލީ ހިންގުމާއި، ފުލޫނިޔާ މަގުގެ އިތުރުން ހަވީރީ ހިނގުމުންނެވެ.

ޓްރާންސްފޯމަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގަޑީ މިސަރަހައްދުތަކުން 45 މިނެޓެއްހާއިރަށް ކަރަންޓު ހިދުމަތް މެދުކެނޑޭނެކަމަށް އެކުންފުނިން ބުނެ އެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން އެކުންފުނިން މައާފަށް އެދިފައިވެ އެވެ.

މިމަހު 24 ވަނަ ދުވަހު ވެސް ސްޓެލްކޯއިން ވަނީ ހެނދުނު 6:30 އާއި 7:30 އާ ދޭތެރޭ މަސައްކަތްތައް ކުރުމަށް، މާލޭގެ ބައެއް ހިސާބުތަކުން 10 މިނެޓަށް ކަރަންޓު ކަނޑާލާފަ އެވެ.