މަކިޓާގެ އުފެއްދުންތަކަށް ހާއްސަ މުޅިން އައު ޝޯރޫމް އެއް އެސްޓީއޯއިން މިރޭ ހުޅުވައިފި އެވެ.

މަކިޓާ ޝޯރޫމް ހުޅުވުމަށް އެސްޓީއޯއިން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ހުސެން އަމުރު އަދި އެސްޓީއޯގެ މަކިޓާ ސަޕްލަޔަރު، މަކިޓާ ސިންގަޕޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އިކެޑާ ސަން އާއި އެސްޓީއޯގެ އިސްވެރިން ވެސް ބައިވެރިވި އެވެ.

އެސްޓީއޯ އައު މަކިޓާ ޝޯރޫމް ހުޅުވިފައި ވަނީ ބޮޑުތަކުރުފާނުމަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގަ އެވެ.

25 އަހަރުގެ ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު އީޖާދުވެ ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެކެވެ.

އެސްޓީއޯއިން އަލަށް ހެދި މަކިޓާ ޝޯރޫމް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީއާ މަކިޓާގެ އިސްބޭފުޅަކު ބައިވެރިވަނީ. ފޮޓޯ: އެސްޓީއޯ

"ޖަޕާނުން އެތެރެކޮށް އެސްޓީއޯއިން މަކިޓާގެ އުފެއްދުންތައް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތް ތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަތަކެއް ލިއްބައިދިން ކަމެއް ކަމަށް. މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑް ގެ އުފެއްދުންތަށް ލިބެންހުންނާނެ. މި ގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަ ތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދެމުންދޭ،" އެސްޓީއޯއިން ބުންޏެވެ.

މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި/ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލަތްތަށް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނު، ގާޑެނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރ ފަދަ އެތަށް ސާމާނެއް އެކުލެވިގެންވެ އެވެ.

މިރޭ ހުޅުވި އައު މަކިޓާ ޝޯރޫމްއާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. މިގޮތުން ޝޯރޫމްގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއާ ޕާޓްސް ލިބެންހުންނާނެ އެވެ. އަދި މަކިޓާ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓަރު ވެސް ހުންނާނީ މި އައު ޝޯރޫމް ތެރޭގަ އެވެ.

އެސްޓީއޯއިން އަލަށް ހެދި މަކިޓާ ޝޯރޫމް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ އިސްވެރިންނާއި މަކިޓާގެ އިސްބޭފުޅަކު ބައިވެރިވަނީ. ފޮޓޯ: އެސްޓީއޯ

ކަރަންޓު ސާމާނު ގަތުމުގައި ދިވެހިންގެ ނަންބަރު ވަން ބްރޭންޑް، މަކިޓާ ވަނީ ރާއްޖޭގެ މަސައްކަތްތެރިން ގެ އިތުރުން އާއްމު ދިރިއުޅުމުގައި އާއިލާތަކަށް އިތުރު ފަސޭހަތަކާއި ލުއިތަކެއް ހޯދައިދީފަ އެވެ.