ވިލާ ގޭހުން "ފާސްޓޭ ދޯ" ދަގަނޑު ގޭސްފުޅި ވަރަށް ހެޔޮ އަގުގައި ކޮމްްޕޮސައިޓް ސިލިންޑަ (ލުއި ފުޅިއަށް) ބަދަލުކުރެވޭ ޕްރޮމޯޝަަނަލް ކެމްޕެއިނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނަލް ކެމްޕެއިންގައި ބައިވެރިވުމަށް ދަގަނޑު ގޭސްފުޅި ގެންގުޅޭ ފަރާތްތަކުން ވިލާ ގޭހަށް ގުޅާލުމުން، އެ ފުޅިތައް 499 ރުފިޔާއަށް ކޮމްޕޮސައިޓް ސިލިންޑަރަށް ބަދަލުކޮށްދެ އެވެ. މިގޮތުން، ވިލާ ގޭސް ފުޅިއެއް ބަދަލުކުރަން ބޭނުންވާ ފަރާތެއް ނަމަ ގުޅާނީ 3336633 އަށެެވެ. އަދި މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު 30 ގެ ނިޔަލަށެވެ.

ވިލާ ގޭސްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެލްޕީޖީގެ ހިދުމަތް ދޭން ފެށި ކުންފުންޏަށް ވާއިރު، މި ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ސާފު ކުކިން ފިއުލް މާކެޓަށް ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީއާއި ޑެޑިކޭޓެޑް ޓީމެއް ހިމެނޭ ވަރުގަދަ އިންފްރާސްޓްރަކްޗާކާއެކު، ވިލާ ގޭސް ވެފައިވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ ބްރޭންޑަށެވެ.

ވިލާ ގޭސް ބަންދުކުރާ ކާރުހާނާގައި ކޮމްޕޮސިޓް ސިލިންޑަރުގައި ގޭސް ބަންދުކުރަނީ.

ވިލާ ގޭސް ވިއްކަނީ ވިލާ ޓްރޭޑިންގެ ބްރާންޗެއް ކަމަށްވާ ވިލާ ހަކަތައިންނެވެ.

ވިލާ ހަކަތައަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރި ކުރާ ބޮޑު ވިޔަފާރިއެކެވެ.

ވިލާ ގޭސްގެ ކޮމްޕޮސިޓް ސިލިންޑަރެއް.

ވިލާ ހަކަތައަކީ 2003 ވަނަ އަހަރު އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގޭސް އޮއިލް (އެމްޖީއޯ) އަދި ސިމެންތި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ.