ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކުރި ސީޕްލޭން ޓާމިނަލް "ނޫވިލު" ބޭނުންކުރަން ފަށައިފި އެވެ.

ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފެށުމާ ގުޅިގެން މިއަދު އެތަންވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ.

ވީއައިއޭގައި ތަރައްގީ ކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް "ނޫވިލު"

މިޓާމިނަލް އަށް ދީފައިވާ ނަމަކީ "ނޫވިލު" ޓާމިނަލް އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީކް ސީޒަންގައި މި ތަނުގައި 6000 އަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ދެވޭނެ އެވެ. އަދި އޯފް ޕީކް ސީޒަންގައި 3000 މީހުން ބޭނުންކުރާނެ އެވެ.

ކުރީގެ ސަރުކާރުން ހުޅުލޭ ފަޅުން ބިން ހިއްކައިގެން ހަތަރު ބުރިއަށް ހަދާފައިވާ އާ ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ.

ވީއައިއޭގައި ތަރައްގީ ކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް "ނޫވިލު"

އެމްއޭސީއެލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރި މި ޓާމިނަލްގައި ސީޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާފައިވެ އެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 ޕަސެންޓް ޖާގަ ބޮޑެވެ. އޭގެ އިތުރުން، ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ޚިދުމަތް ވެސް އަލަށް ހެދި ޓާމިނަލުން ލިބޭނެ އެވެ.

ވީއައިއޭގައި ތަރައްގީ ކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް "ނޫވިލު"

އާ ޓާމިނަލް މިވަގުތު ބޭނުންކުރާނީ ޓީއެމްއޭ އާއި މަންޓާ އެކަންޏެވެ. މޯލްޑިވިއަނުން ބޭނުންކުރާނީ އެ ކުންފުނިން ހަދާފައިވާ އަމިއްލަ ޓާމިނަލެވެ.