އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓުން ރޭޑިއޯ ގްރަފީ ކޯހެއް އަންނަ ސެޕްޓެމްބަރު މަހުގައި ފަށަން ނިންމައިފި އެވެ.

އެކުންފުނިން ބުނީ އެއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެއް ކަމަށެވެ.

ކޯހަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ސައިންސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވުމެވެ.

ފުރަތަމަ ބެޗުގައި ކޯހަށް ހޮވޭ 25 ކުދިންގެ ކޯސްފީ ހަމަޖައްސައިދޭނީ އެސްޓީއޯއިންނެވެ.

މިއީ ލެވެލް ފަހެއްގެ ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. ކޯހުގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ހެވެ. ކޯހުގެ ކިޔްވުން ކުރިޔައްދާނީ ދެ އަހަރަށް ކަމަށާއި އިންޓާންޝިޕްގެ މުއްދަތަކީ ހަ މަސް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ކިޔެވުން ކުރިއަށް ގެންދާނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓާއި އެސްޓީއޯ.ޖީއީ ސްކިލް ލެބްގައެވެ.