Advertisement

ސިމްޑީ ގްރޫޕްގެ ވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ)

ސިމްޑީ ޑީޑީ އެހެން ވިޔަފާރިވެރިންނަށް ނަމޫނާ ދައްކަވަނީ

FacebookTwitterWhatsAppTelegramViber

ކޮވިޑް-19 ދުނިޔޭގެ އެކި ގައުމުތަކަށް ހަލުއިކަމާއެކު ފެތުރި، ރާއްޖޭގެ އިގްތިދސާދަށް އެކަމުގެ ގެއްލުން އިންތިހާއަށް ފޯރަމުންދަނިކޮށް މަޝްހޫރު ވިޔަފާރިވެރިޔާ ސިމްޑީ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ޑީޑީ) ވަނީ ނަމޫނާ ދައްކަވަފަ އެވެ.

ނުރައްކާތެރި ކޮވިޑް-19 ރޯގާ ޖެހިގެން ރާއްޖެއިން ފެނުމާއެކު، ރިސޯޓުތައް ހިންގާ ބައެއް ވިޔަފާވެރިން ވަނީ މުވައްޒަފުންނަށް ނޯޕޭ ލީވްދީ ފޮނުވާލައި އަދި މުވައްޒަފުންގެ މުސާރައިގެ ބޮޑު ބައެއް އުނިކޮށްފަ އެވެ. މިފަދަ ހިތްދަތި ދަނޑިވަޅެއްގައި ޑީޑީ ވަނީ އޭނާ މުވައްޒަފުންނަށް އުފާވެރި ހަބަރެއް ދެއްވައިފަ އެވެ.

އޮސްޓްރޭލިއާގެ ޕާތުގައި ހުންނަވައި އޭނާ ސޯޝަލް މީޑިއާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެތައް ހާސް ބަޔަކު ޑީޑީގެ ކުންފުނީގައި މަސައްކަތްކުރާ ކަމަށެވެ.

"ދިވެހި ސަރުކާރުން ވަނީ މުސާރަ އުނިކޮށްފައި. އެއާއެކު ވަރަށް ގިނަ ބަޔަކު ދަނީ އަމަލުކުރަމުން. އަޅުގަނޑުވާނީ ސިމްޑީ ގްރޫޕްގެ މެނޭޖްމަންޓަށް އާއްމު އުސޫލާއެއް ގޮތަށް ކުރިޔަށް ދިއުމަށާއި ފުލް މުސާރަ ގަވައިދުން ދިނުމަށް. އަދި އަޅުގަނޑުމެންގެ ވިޔަފާރިން ހިފަހައްޓާ ނުލެވިއްޖެ ނަމަ އަޅުގަނޑުގެ ސޭވިންއިން ވެސް ދޭނަން،" ސިމްޑީ ގްރޫޕްގެ ޗެއާމަން ވިދާޅުވި އެވެ.

ފުޅާ ދާއިރާއެއްގައި ރިސޯޓް ސަޕްލައި އާއި އާއްމު މުދާ ވިއްކާ ސިމްޑީ ގްރޫޕްގެ ވެރިޔާ ހިއްސާވާ ބައެއް ރިސޯޓުތައް ރާއްޖޭގައި ހިންގަ އެވެ. އަދި އޭނާގެ ބައެއް ވިޔަފާރިތައް ރާއްޖެއިން ބޭރުގައި ވެސް ހުރެ އެވެ.

ޑީޑީ ވަނީ މުވައްޒަފުންނަށް މިލިއަނުން ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އޭނާ ވިދާޅުވީ މުވައްޒަފުންނަކީ އޭނާއަށް އެންމެ މުހިންމު މީހުން ކަމަށެވެ. އަދި އެ މީހުންނާ ނުލައި ކުންފުންޏެއް ނޯންނާނެ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.

މިއީ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ މަހުޖަނެއްގެ ފަރާތުން ފެނުނު އެންމެ ވަރުގަދަ ނަމޫނާ އެވެ. ޑީޑީގެ ހިތްވަރަށް ސާބަހެވެ.

2
ހިޔާލު

avatar
600
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
މިލްރިޟާ މާފުށީ Recent comment authors
newest oldest most voted
ރިޟާ މާފުށީ
Guest
ރިޟާ މާފުށީ

މާތް ﷲ ސިމްޑި ޑީޑީއަށް ހެޔޮޖަޒާަ ދެއްވާށިއެވެ.
ޥިޔަފާރީގައި ބަރަކާތް ލައްވާށިއެވެ.

މިލް
Guest
މިލް

ބަރަކާތް ލައްވާަށި

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top