އެސްޓީއޯއަށް ވިޔަފާރި ކުރަންދާއިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންދިޔުމަށް އެކުންފުނިން އިލްތިމާސް ކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން އެކުންފުނީގެ ސުޕަމާކެޓުން ވިޔަފާރި ކުރަން ދާއިރު ތިމާވެއްޓާ ރައްޓެހި ކޮޅެއް ގެންދިޔުން އެދޭ ކަމަށެވެ.

މީގެ އިތުރުން އެސްޓީއޯއިން ވަނީ އެތަނުން އެއްޗެހި އަޅާ ކޮތަޅަށް ޗާޖް ކުރަން ވެސް ނިންމާފަ އެވެ.

އެ ގޮތުން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެސްޓީއޯން ވިޔަފާރު ކުރާ ތަކެތި އަޅާ ކޮތަޅަށް ޗާޖް ކުރާނެ އަގުތައް ހާމަކުރަމުން އެ ކުންފުނިން ބުނީ ޕްލާސްޓިކް ކޮތަޅަކަށް 2.50 ރުފިޔާ ނަގާނެ ކަމަށާއި ކަރުދާސް ކޮތަޅަކަށް ދެ ރުފިޔާ ނަގާނެ ކަމަށެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނަގަން ފަށަން ނިންމީ 2020 ވަނަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.