މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އައްޑޫގައި މިހާރު ކުރިއަށް ހިނގަމުންދާ އައްޑޫ "އީދި ސަމާ" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި "އީދު ސަމާ" ގައި އީދު ސައި، މަސް ރޭސް އަދި ބަށި ކުޅުން ފަދަ އީދުގެ ގިނަ ހަރަކާތްތަކެއް ހިމެނެ އެވެ.

މި ހަރަކާތްތަކުގެ ތެރެއިން އައްޑު އަތޮޅު މަރަދޫ އަދި ހިތަދޫގައި އޮންނަ ޢީދު އާއިލީ ހަވީރާއި ފަޔާވޯކްސް އެންޑް އީދު މިއުޒިކް ޝޯއަށް ދިރާގު އެއްބާރުލުންދޭނެ އެވެ.

ދިރާގުން ބުނިގޮތުގައި މިފަދަ އިޖުތިމާއީ އަދި ސަގާފީ އިވެންޓްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގުން ޚާއްސަ އިސްކަމެއް ދޭ ކަމެކެވެ. މިގޮތުން ރަށްރަށުގެ އެކި ޖަމާޢަތްތަކާއި ގުޅިގެން މިފަދަ އިވެންޓްތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަބަދުވެސް ކުރަމުންގެންދާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ދަނީ ރާއްޖޭގެ ސަގާފީ އާދަކާދަތައް ކުރިއަރުވައި ދެމެހެއްޓުމަށް ހިންގާ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ކެނޑިނޭޅި އެއްބާރުލުންދެމުންނެވެ.