މިހާރު އިނގިރޭސި ވިލާތުގައި ކުރިއަށްދާ "ޔޫއެފާ ވިމެންސް ޔޫރޯ 2022" ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޯބައިލް އެޕްއިން ބަލާލެވޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ ކޮވިޑާ ގުޅިގެން އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "އޫއެފާ ވިމެންސް ޔޫރޯ 2022" ދިރާގު ޓީވީހެ "ސޮނީ ޓެން 2 އެޗްޑީ" ޗެނަލް (ޗެނަލް ނަންބަރު 104) އިންނާއި ދިރާގު ޕްލޭ މޯބައިލް އެޕްއިން ވަގުތުން ބަލާލެވޭނެ އެވެ.

މެޗް ޝެޑިއުލްތައް ދިރާގުޓީވީގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓްތަކުގައި ޕޯސްޓް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގު ޓީވީ ކަސްޓަމަރުންނަށް ސެޕްޓެމްބަރު 2022 ގެ ނިޔަލަށް ބޭސިކް ޕެކޭޖް 350 ރުފިޔާއަށް ސަބްސްކްރައިބް ކޮށްލައްވައިގެން "ޔޫއެފާ ވިމެންސް ޔޫރޯ" 2022 ގެ މެޗުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ޗެނަލްތަކާއި އެޗްޑީ ކޮލިޓީގައި ވީޑިއޯ އޮން ޑިމާންޑް ބަލާލެވޭނެ އެވެ. އަދި އެންމެ 65 ރުފިޔާ (ޖީއެސްޓީ ނުހިމެނޭގޮތަށް) ދިރާގުޕްލޭ އަށް ސަބްސްކްރައިބް ކުރައްވައިގެން ކޮންމެ ތަނެއްގައި ހުރެގެންވެސް ހުރިހާ މެޗުތަކެއް ބަލާލެވޭނެ އެވެ. ދިރާގު ފައިބ ބްރޯޑްބޭންޑް ވައިފައި މެދުވެރިކޮށް ސްޓްރީމް ކުރާއިރު މި ޚިދުމަތް އިތުރު ހަރަދަކާ ނުލައި ބޭނުންކުރެވޭނެ އެވެ.

މީގެ އިތުރުން, އަލަށް ދިރާގުޓީވީއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން، ހިލޭ ޖޯއިބޮކްސް އަދި ހިލޭ ވަޔަލެސް ކީބޯޑް (ފުރަތަމަ 300 ކަސްޓަމަރުންނަށް) ލިބިގެންދާ ލިމިޓަޑް އޮފާ ޕްރޮމޯޝަންއެއް ދިރާގުން ވަނީ ތައާރަފްކޮށްފަ އެވެ.

ދިރާގު ޓީވީއިން އެކި އުމުރުތަކާއި އޯޑިއަންސްތަކަށް ގުޅޭ ތަފާތު ގިނަ ޗެނަލްތައް ފޯރުކޮށްދެ އެވެ. މީގެ ތެރޭގައި އެކި ޑިޒްނީގެ ޗެނަލްތަކާއި، ސޮނީ ސްޕޯޓްސްގެ އެކި ޗެނަލްތަކުގެ އިތުރުން ޑީސްކަވަރީއާއި ސްޓާ ޗެނަލްތައް ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ އެކި ޗެނަލްތަކާއި އިސްލާމީ ޗެންލްތައް ވެސް ދިރާގު ޓީވީއިން ލިބެ އެވެ.

ދިރާގުގެ ޑިޖިޓަލް އައިޕީޓީވީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެެ ދަށުން، މުޅި ރާއްޖޭގެ 84 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީގެ ހިދުމަތް ލިބޭނެ އެވެ.

ދިރާގު ޓީވީއިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުޅާކޮށް ފުރިހަމަކޮށްދީ އިތުރު ކޮލިޓީ ކޮންޓެންޓާއި އައު އޮފާތައް ގެނެސްދިނުމަށެވެ.