Advertisement

ކޮވިޑް-19 ވަރުގެ ކަމެއް ދުވަހަކު ވެސް ނުދެކެން: މެރިއޮޓުގެ ސީއީއޯ

FacebookTwitterWhatsAppTelegramViber

ގިނަ ކުންފުނިތަކުގެ އިސްވެރިންނާ އެއްގޮތަށް މެރިއޮޓުގެ ސީއީއޯ، އާން ސޮރެންސަންވެސް މި އަހަރުގެ ކުރިއަށް މި އޮތް ދުވަސްތަކުގައި އޭނާގެ މުސާރައިގެ އެއްވެސް ވަރެއް ނުނެގުމަށް ނިންމައިފިއެވެ.

ވީޑިއޯ މެސެޖެއްގެ ޒަރިއްޔާއިން ހާމަ ކުރި ބަޔާނުގައި އޭނާ ބުނެފައިވަނީ، 2020 ވަނަ އަހަރުގެ ބާކީ މިއޮތް ދުވަސްތަކުގައި އެއްވެސް ވަރަކަށް މުސާރަ ނުނަގާނެ ކަމަށާއި ކުންފުނީގެ އެކްޒެކެޓިވް ޓީމުގެ މެމްބަރުން ނަގާނީ މުސާރައިގެ 50 އިންސައްތަ ކަމަށެވެ.

"މި ކުންފުންޏަށް 92 އަހަރު ފުރިފައިވާއިރު ދެވަނަ ބޮޑު ހަނގުރާމަ އާއި ގްރޭޓް ޑިޕްރެޝަން އާއި އެތައް އިކޮނޮމިކް ކްރައިސިސްއެއް ތަހައްމަލްކޮށްފައި ވޭ. އެކަމަކު ދުވަހަކުވެސް މިވަރުގެ ކަމެއް ނުދެކެން،" ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިންގެ ސީއީއޯ ސޮރެންސަން ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް މިވަނީ މުޅިންހެން އިނދަޖެހިގެން ގޮސްފައެވެ. ދަތުރުފަތުރުކުރުމަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހޮޓެލްތަކުގެ އޮކިއުޕެންސީ ރޭޓްތައްވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ކޮރޯނާވައިރަހުގެ ސަބަބުން މެރިއޮޓުގެ އިތުރަށް އެހެނިހެން ބޮޑެތި ހޮޓެލް ޗެއިންތަކުންވެސް މިވަނީ އެމީހުންގެ ހޮޓެލްތައް ބަންދުކޮށް ހަރަދު ކުޑަކުރުމަށްޓަކާ އެތައް ހާސް މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާފައެވެ.

ހޮޓެލް ޑޭޓާ ފާމް އެސްޓީއާރް އިން ހާމަ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މާޗު 8-14 ވީ ހަފްތާގައި ހޮޓެލްތަކުގެ އޮކިއުޕެންސީ ރޭޓް 53 އިންސައްތައިގައި ހުރި އިރު މި އަހަރު އެ ރޭޓް ހުރީ މައިނަސް 24.4 އިންސައްތައި ގައެވެ. މީގެ އިތުރުން، ކޮޓަރިތަކުގެ ދުވަހު ކުލިވެސް ވަނީ 10 އިންސައްތަ އަށް ތިރިވެފައެވެ. އޭގެ ސަބަބުން ކޮޓަރިއަކުން ލިބޭ އާމްދަނީ މިވަނީ 32.5 އިންސައްތަ އަށް ދަށްވެފައެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top