Advertisement

ދުނިޔެ އިގްތިސާދީ ޑިޕްރެޝަނެެއްގެ ބިރުވެރިކަމަށް ހުށަހެޅުނު 30 ދުވަސް

FacebookTwitterWhatsAppTelegramViber

ފެބްރުއަރީ 17: ޗައިނާގައި ހަލުވި ކަމާ އެކު ކޮރޯނާ ވައިރަސް ފެތުރެމުން ދެއެވެ. އެހެން ނަމަވެސް، ޗައިނާ އިން ބޭރުން ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު އުޅެނީ 1000 އަށް ވުރެ ދަށުގައެވެ. އަދި ވައިރަސް ލޮލު ކޮޅަށްވެސް ފެންނާކަށް ނެތެވެ. އެމެރިކާގެ އިގްތިސާދު ފުޅާކުރުމުގެ މަޝްރޫޢުއާއި އެކު ޖޯ ޑޯންސް އިންޑަސްޓްރިއަލް އެވްރެޖް އުޅެނީ 30،000 ޕޮއިންޓްގައެވެ.

އެހެން ނަމަވެސް، އިންވެސްޓަރުންނަށް ނޭނގި ނުވަތަ ވިސްނާނުލެވި އޮތް ކަމަކީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ކޮރޯނާވައިރަސް ޗައިނާއިން ބޭރުވެ، ސައުތު ކޮރެއާ އާއި އިޓަލީ އަދި އެއަށް ފަހު ސްޕެއިން، ފްރާންސް، ޖާމަނީ، ޔޫކޭ އަދި އެމެރިކާގައި ހަލުވިކަމާއި އެކު ފެތުރިގެން ދާނެކެމެވެ.

މީގެ ސަބަބުން ވިޔަފާރިތައް ހުއްޓި، ސްޓޮކް މާކެޓްތައް އިނދަޖެހި އަދި ސެންޓްރަލް ބެންކުތަކުން މިވަނީ 2008 ވަނަ އަހަރުގެ ފައިނެންޝިއަލް ކްރައިސިސްގެ ތެރޭގައި ވެސް އަޅާފައިނުވާ ވަރުގެ ބޮޑެތި އިމަޖެންސީ ފިޔަވަޅުތައް ނަގަންޖެހިފައެވެ.

ކަމާ ބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި މި ޕެންޑެމިކްގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ޑިޕްރެޝަނަކާ ހަމައަށް ގޮސްދާނެ ކަމަށާއި މިހާރު މިފެންނަނީ އަދި ކިރިޔާ ފެށުން ކަމަށެވެ.

އެމެރިކާގައި ޓްރަމްޕްގެ ސަރުކާރުން މިވަނީ އިގްތިސާދަށް 1 ޓްރިލިއަން ޑޮލަރު އިންޖެކްޓް ކުރުމުގެ ރެސްކިއު ބިލަކަށް ރުހުން ދޭން ކޮންގްރެސްގައި އެދިފައެވެ. މިއީ އެގައުމުގެ އެއާލައިންތަކާއި، ހޮޓާތަކާއި ރެސްޓޯރެންޓްތައް ހުލިވެ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ހުއްޓުމަކަށް އައިސްދާނެކަމުގެ ބިރު ހީވެފައި އޮތުމުންނެވެ.

އެހެން ނަމަވެސް، ސަލާމަތީ ފިޔަވަޅުތައް އަޅަން މާ ލަސްވެއްޖެއެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ދަނީ މައްޗަށެވެ. މިހާތަނަށް މުޅި ދުނިޔެއިން ވައިރަހަށް 270،000 އެއްހާ މީހުން ޕޮޒިޓިވްވެފައިވާ އިރު 11،000 މީހުން މަރުވެފައިވެއެވެ.

ސްޕެއިން، އިޓަލީ، ފްރާންސް އަދި ޔޫކޭ އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ލޮކްޑައުންކޮށްފައެވެ. ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އެމެރިކާގެ ކެލިފޯނިއާއިންވެސް މިވަނީ އެ ސިޓީގެ 40 މިލިއަނެއްހާ މީހުން ގެއިން ބޭރަށް ދިއުން މަނާކޮށްފައެވެ.

މި އިގްތިސާދީ ލޮޅުމަށް އެންމެ ބޮޑަށް ހުށައެޅިފައިވަނީ ދަތުރުފަތުރު ކުރުމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނެވެ.

ޕެންޑެމިކްގެ ނުރައްކާ ބޮޑުވަމުންދާއިރު އޭގެ ސަބަބުން 1929 ވަނަ އަހަރުން ފެށިގެން އެތައް ދުވަހަކަށް ދެމިގެން ދިޔަ ގްރޭޓް ޑިޕްރެޝަން އަނބުރާ އައިސްދާނެ ކަމަށް ބިރުހީވާން ފަށައިފިއެވެ.

އިކޮނޮމިސްޓުން ބުނަމުންދާ ގޮތުގައި ނުރައްކާ ބޮޑަސް މީހުން މަސައްކަތަށް ނެރެން ޖެހިދާނެ ކަމަށާއި އެހެން ނޫންނަމަ އިގްތިސާދު އެއްކޮށް ނެތިގެން ހިނގައިދާނެ ކަމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top