Advertisement

މަދު މުވައްޒަފުން މަސައްކަތަށް ނެރުމަށް އެސްޓީއޯގެ ހިދުމަތްތައް އޮންލައިކޮށް

FacebookTwitterWhatsAppTelegramViber

އެސްޓީއޯގެ މުވައްޒަފުން ވީހާ ވެސް މަދު ވަގުތުތަކެއްގައި ވަޒީފާ އަށް ނެރުމުގެ މަގްސަދުގައި އެ ކުންފުނީގެ ބައެއް ތަންތަނުން ހިދުމަތް ދޭ ގަޑިތައް މަދުކުރަން ނިންމައިފި އެވެ.

އަޖުމަ ބެލުމުގެ ގޮތުން ހަމަޖެއްސި މި އުސޫލުގެ ދަށުން މިއަދު ވަނީ އެސްޓީއޯގެ ރިސެޕްޝަން މެދުވެރިކޮށް ދޭ ހިދުމަތްތައް އޮންލައިކޮށް ދެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ. އެގޮތުން، ރިސެޕްޝަން މެދުވެރިކޮށް ބަލަގަންނަމުން ދިޔަ ލިޔެކިޔުންތައް މިހާރު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އީމެއިލް މެދުވެރިކޮށެވެ.

މީގެ އިތުރުން ވެސް، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހިދުމަތް ދޭ ގަޑިތައް ވެސް ވަނީ މަދުކޮށްފަ އެވެ.

އެސްޓީއޯ އިން ވަނީ މިކަމުގައި ސަރުކާރާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަން ވެސް ކަސްޓަމަރުންގެ ފަރާތުން އެދިފަ އެވެ.

ކޮވިޑް-19 ރާއްޖެ އިން ފެނުނު ފަހުން ސަރުކާރުން ވަނީ ރާއްޖެ އޮތީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތެއްގައި ކަމަށް އިއުލާނުކޮށްފަ އެވެ. މި ބައްޔަށް ރާއްޖެ އިން ޕޮޒިޓިވްވެފައިވާ 13 މީހުންގެ ތެރެއިން ފަސް މީހުން މިހާރު ވަނީ ބަލިން ރަނގަޅު ވެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top