Advertisement

އިންޑިއާ ލޮކްޑައުން ކުރުމުން 750 މިލިއަން މީހުންނަށް ނޭދެވޭ އަސަރު ކޮށްފި

FacebookTwitterWhatsAppTelegramViber

އިންޑިއާގައި ކޮރޯވާވައިރަސް ފެތުރުނަ ނުދިނުމަށްޓަކާ އެގައުމުގެ ސަރުކާރުން މިވަނީ މި މަސް ނިމެންދެން އެތައް މިލިއަން މީހުން ލޮކްޑައުންކުރުމަށް ނިންމާފައެވެ.

ވެރި ރަށް ނިއު ދިއްލީ، ބެންގަލޫރު، ހައިދަރު އާބާދު، މުމްބާއީ، ކަލްކަތާ އަދި ޗެންނާއި ހިމެނޭ ގޮތަށް އިންޑިއާގެ 75 ޑިސްޓްރިކްޓެއްގެ މީހުންނަށް މިވަނީ ވަޒީފާ އަށާއި އެހެނިހެން ބޭނުންތަކަށް ގެއިން ބޭރަށް ދިއުމާއި ދަތުރުފަތުރު ކުރުން މާޗް 31 އާ ހަމަޔަށް މަނާކޮށްފައެވެ.

އިންޑިއާގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 750 މިލިއަން މީހުންނަށް މީގެ ނެދެވޭ އަސަރު ކުރާނެއެވެ. މުމްބާއީގައި އެކަނިވެސް 12 މިލިއަން މީހުންނަށް އަސަރުކުރާނެ ކަމަށްވަނީ ބެލެވިފައވެ.

އިންޑިއާގެ ރެއިލްވޭ ސްޓޭޝަންތަކާއި މެޓްރޯ އަދި ރިކްޝާގެ ހިދުމަތްވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލަން އަންގާފައެވެ. މީގެ އިތުރުން ފެކްޓަރީ ތަކާއި ފިހާރަތަކާއި ފައްޅިތައްވެސް ވަނީ ބަންދުކޮށްފައެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top