Advertisement

އެޕަލް އެޕް ސްޓޯގެ ހިދުމަތް އެންމެ ފަހުން ރާއްޖެ އަށް ތައާރަފްކުރަނީ

FacebookTwitterWhatsAppTelegramViber

އެޕަލް އެޕް ސްޓޯގެ ހިދުމަތް އެންމެ ފަހުން ރާއްޖެ އަށް ތައާރަފްކުރަން އެ ކުންފުނިން ނިންމައިފި އެވެ.

ރާއްޖެ ހިމެނެނީ، އެޕް ސްޓޯގެ ހިދުމަތް މި އަހަރުގެ ތެރޭގައި އަލަށް ތައާރަފްކުރާ 20 ގައުމުގެ ތެރޭގަ އެވެ.

އެހެން ނަމަވެސް، މި ހިދުމަތް ރާއްޖެ އަށް ލިބެން ފަށާނެ ވަކި ތާރީހެއް އެޕަލް އިން އަދި ހާމައެއް ނުކުރެ އެވެ. އެޕަލް އިން މިހާރު ވަނީ މިކަމަށް ތައްޔާރުވުމުގެ ގޮތުން، އެޕް ސްޓޯގައި ހުރި އެޕްތަކުގެ ތެރެއިން އަލަށް ތައާރަފްކުރާ ސަރަހައްދުތަކަށް ވެސް ހިދުމަތް ލިބެން ބޭނުންވާ އެޕްތަކުގެ މައުލޫމާތު އަޕްޑޭޓްކުރުމަށް ޑިވެލޮޕަރުންނަށް އަންގާފަ އެވެ.

އެޕަލް އައިފޯނު ނެރުނުތާ އަހަރެއް ފަހުން، 2008 ގައި އެންމެ ފުރަތަމަ ތައާރަފްކުރި އެޕް ސްޓޯގައި 2.5 މިލިއަނަށް ވުރެ ގިނަ އެޕް ހުންނައިރު، މި ސްޓޯގެ ހިދުމަތް ދުނިޔޭގެ 155 ގައުމަކަށް މިހާރު ލިބެ އެވެ.

ރާއްޖެ އަށް އެޕް ސްޓޯގެ ހިދުމަތް ނުލިބޭތީ، އައިފޯނާއި އައިޕެޑް ފަދަ އެޕަލްގެ އުފެއްދުންތަކުގައި އެޕް ސްޓޯގެ ހިދުމަތް ބޭނުންކުރަން ޖެހެނީ ކޮންމެވެސް އެހެން ގައުމެއްގެ ސްޓޯއަކަށް ވަދެގެންނެވެ. އެހެން ނަމަވެސް، މި ގޮތަށް އެޕް ސްޓޯ ބޭނުންކުރާއިރު، ކްރެޑިޓް ކާޑު ގަބޫލްނުކުރުމާއި އެޑްރެސްގެ މައްސަލަ ޖެހުން ފަދަ މައްސަލަތަށް ކުރިމަތިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top