Advertisement

ދިރާގު ޕޭގެ މާޗެންޓް ޓްރާންސެކްޝަން ފީ ތިން މަސްދުވަސް ވަންދެން ނުނަގާނެ

FacebookTwitterWhatsAppTelegramViber

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންވަނީ މަޖުބޫރުވެފަ އެވެ. އެގޮތުން، އާންމުކޮށް ކަންތައްތައް ކުރާ ގޮތާ ހިލާފަށް އިތުރު އެހެން ގޮތްގޮތް ހޯދަން މިހާރު ވަނީ ޖެހިފަ އެވެ.

މި ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން އަތްދޮވެ، ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ސިއްހީ މާހިރުން ކެނޑިނޭޅި ގޮވާލަމުންދާއިރު، އާންމު ދިރިއުޅުމުގައި ވިޔަފާރީގެ މުއާމަލާތް ކުރުމަށް ގެންގުޅޭ ނަގުދު ފައިސާ އަދި ކޭޝް ކާޑުތަކަކީ، އެ ތަކެތިން ވެސް ޖަރާސީމު ފެތުރުމުގެ ފުރުސަތު ބޮޑު ތަކެއްޗެވެ. ސަބަބަކީ، މި ތަކެއްޗަކީ އެތައް ބައެއްގެ އަތްމަތިން ދައުރުވާ ތަކެއްޗަށްވުމެވެ.

ވުމާ އެކު، ގޭގައި ތިބެގެން ބިލްތައް ދައްކައި ރެސްޓޯރެންޓްތަކުން އޯޑަރުކުރާ ކާބޯތަކެއްޗާއި، ގަންނަ އެހެނިހެން ސާމާނުތަކަށް ފައިސާ ދެއްކުމަށް ދިރާގު ޕޭގެ ބޭނުން ވަނީ އިތުރަށް ޖެހިފަ އެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކައި ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަ ވެސް ކުރެވޭނެ އެވެ. މިފަދަ ދަނޑިވަޅެއްގައި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް ވަނީ ފަށާފަ އެވެ.

ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ ގާއިމުކުރަން މަގުފަހި ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ މާޗެންޓް ޓްރާންސެކްޝަން ފީ ވެސް ތިން މަސް ދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސާފަ އެވެ. އަދި މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުން ވެސް މި ފީ ތިން މަހަށް ނުނެގުމަށް ވަނީ ހަމަޖައްސާފަ އެވެ.

ދިރާގު ޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެ އެވެ. އޭގެ ތެރޭގައި، ޑެލިވަރީގެ ޚިދުމަތް ދޭ މަޝްހޫރު ކެފޭ/ރެސްޓުރަންޓް، ޖެނެރަލް ޓްރޭޑިން، ސެލޫން އަދި ހޮސްޕިޓަލްތަކާއި މިނޫން ވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެ އެވެ. ދިރާގުން އަންނަނީ އިތުރު ވިޔަފާރިތައް ވެސް މި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ހަމަ މިއާ އެކު، މި ޑިޖިޓަލް ހިދުމަތް ބޭނުން ކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް މިހާރު ވެސް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ދިރާގު ޕޭ އަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ޒަމާނީ ހިދުމަތެކެވެ. ދިރާގު ޕޭ ގެންގުޅުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށް ވެސް ވާކަށް ނުޖެހޭނެ އެވެ.

ދިރާގުގެ ހުރިހާ ހިދުމަތަކަށް ފައިސާ ދެއްކުމަށް ދިރާގުގެ މައި އެކައުންޓް އަދި މޮބައިލް އެޕް ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރަމަށް ބާރު އަޅަމުންދާއިރު، ދިރާގު ޕޭ މެދުވެރިކޮށް މި ޗެނަލްތަކުން ދިރާގުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭނެ އެވެ. އަދި ފަސޭހަކަމާ އެކު ކޭޝް އިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާންސްފާ މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެ އެވެ.

ދިރާގުން އަބަދު ވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top