Advertisement

ކެފޭތައް އާންމުކޮށް ހުޅުވަންދެން އެސްޓީއޯ ފުޑްކޯޓްތަކުގެ ކުލި މާފުކޮށްދީފި

FacebookTwitterWhatsAppTelegramViber

މާލޭ ހާބަރު ފުޑްކޯޓުތައް ހުއްޓުމަކަށް އައިސްފައިވާތީ އެ ތަންތަނުގެ ކުލި މި ދުވަސްވަރު މާފުކޮށްދިނުމަށް، އެ ތަންތަން ތަރައްގީކޮށް ބަލަހައްޓާ އެސްޓީއޯ އިން ނިންމައިފި އެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ބަންދުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެސްޓީއޯ ފުޑްކޯޓްތަކުގެ ވިޔަފާރި މިވަގުތަށް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން، އެ ތަންތަން ހިންގާ ފަރާތްތަކަށް މިދަނޑިވަޅުގައި ލިބޭނެ ގެއްލުން ކުޑަކުރުމަށް، އެ ފަރާތްތަކަށް އެއްބާރުލުން ދިނުމަށްޓަކައި ކުލި މާފުކުރަން ނިންމީ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ކުލި މާފުކޮށްދީފައި ވަނީ ސަރުކާރުން ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން މިވަގުތަށް ބަންދުކުރުމަށް ނިންމާފައިވާ ނިންމުމާ މެދު ގޮތެއް ނިމެންދެނެވެ.

މި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ޑައިން އިން ކުރުން ހުއްޓުވާފައި ވާއިރު، ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދިނުން އަދިވެސް ވަނީ ހުޅުވާލާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top