Advertisement

އިނގިރޭސި ސަރުކާރުން މުވައްޒަފުންގެ މުސާރައިގެ 80 ޕަސެންޓާ ހަމައަށް ދެނީ

FacebookTwitterWhatsAppTelegramViber

މީހުންގެ ވަޒފާތައް ސަލާމަތްކޮށްދިނުމަށް އަޅާ އާދަޔާ ޚިލާފު ފިޔަވަޅެއްގެ ގޮތުން، ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގެ ސަބަބުން ވަޒީފާ އަދާނުކުރެވޭ ފަރާތްތަކަށް އިނގިރޭސި ސަރުކާރުން އެމީހުންގެ މުސާރަ ދޭން ނިންމައިފި އެވެ.

ވަޒީފާދީފައިވާ ފަރާތުން ގޭގައި މަޑުކުރުމަށް ބުނެފައިވާ މުވައޒަފުންގެ މުސާރައިގެ 80 ޕަސެންޓު ނުވަތަ މަހަކު 2،500 ޕައުންޑުގެ މުސާރައިނގިރޭސި ސަރުކާރުން ދޭނެ އެވެ.

އިނގިރޭސިވިލާތުގެ ޗާންސެލަރ ނުވަތަ މާލީ ވަޒީރު ވިދާޅުވި ގޮތުގައި، މީގެ ކުރިން އަޅާފައިނުވާ މި ފިޔަވަޅުގެ ސަބަބުން، މި ބަލިކަމުގެ ތެރޭގައި މުވައްޒަފުން ކޮރޯނާވައިރަސް އާހެދި ވަޒީފާ އިން ވަކިކުރުން ހުއްޓުވާނެ އެވެ.

އެކި ކުންފުނިތަކުން ބުނެފައިވާ ގޮތުގައި، އިނގިރޭސިވިލާތުގައި ދިރިއުޅުން ހުއްޓުމަކަށް އައިސްފައި ވުމާއެކު،ކޮރޯނާވައިރަސް އާ ހެދި، އެތަކެއް ހާސް މުވައްޒަފުން ގެ ވަޒީފާގެއްލި ބަނގުރޫޓުވެދާނެ އެވެ.

ޗާންސެލަރ ސުނަކް ވިދާޅުވި ގޮތުގައި، ޕަބްތަކާއި، ރެސްޓޯރެންޓުތައް ބަންދުކުރުމުގެ ސަބަބުން، ބިޒިނަސްތަކަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ.

ވޭޖް ސަބްސިޑީ ކުންފުނިތަކަށް ދެވޭނީ، މިހާރު ވެސް ކޮރޯނާވައިރަސްގެ ސަބަބުން މުވައްޒަފުން ގެއަށް ފޮނުވާފައިވާ ކުންފުނިތަކުން އެ މުވައްޒަފުން އަނބުރާ ވަޒީފާއަށް ގެނެސް، ފާއިތުފެދިޔަ ދުވަސްތައް ޗުއްޓީގެ ގޮތުގައި ހަމަޖައްސައިދޭ ނަމައެވެ.

ޗާންސެލަރ ވިދާޅުވި ގޮތުގައި، މިހެން ހެދުމުގެ ސަބަބުން ވަޒީފާ ދިން ފަރާތަށް މުސާރަ ނުދެވުނަސް، މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިއީ ކުރިން ދިމާވެފައިނުވާ މި ޙާލަތުގައި އެޅި ކުރިން އަޅާފައިނުވާ ފިޔަވަޅުތަކެކެވެ.

ޗާންސެލަރި ފާހަގަކުރެއްވި ގޮތުގައި، މިފިޔަވަޅު އެޅިއިރު، ވަޒީފާ ގެއްލިދާނެތީ ނުވަތަ ކުލި ނުދެއްކިދާނެތީ، ނުވަތަ މޯގޭޖްނުދެއްކިދާނެތީ، ނުވަތަ ކާނެހާ ފައިސާ ނުވަތަ ބިލްތައް ދައްކާނެ ފައިސާ ނެތިދާނެތީ، ގިނަ ބަޔަކު ތިބީ ކަންބޮޑުވެފައެވެ. ޗާންސެލަރ ވިދާޅުވި ގޮތުގައި، މިގޮތަށް މުސާރަ ދެވޭނީ މާޗުން ފެށިގެން 3 މަސް ވަންދެނެވެ. އަދި މި މުއްދަތު އިތުރަން ޖެހިއްޖެ ނަމަ އިތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top