Advertisement

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށިތާ 70 އަހަރު ފުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ސްޓެެލްކޯ

ކަރަންޓް ބޭނުން ކުރުމުގައި ހަރަދު ކުޑަކުރުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފި

FacebookTwitterWhatsAppTelegramViber

މި ދުވަސްވަރަކީ ރާއްޖެ އަށް ހޫނު މޫސުމަށް ވެފައި އަދި ގިނައިރު ގޭގައި ތިބޭ ދުވަސްވަރަކަށް ވާތީ ކަރަންޓް ބޭނުންކުރުމުގައި ހަރަދު ކުޑަކޮށް އިގްތިސާދު ކުރުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފި އެވެ.

ކުރިއަށް އޮތް ދެ މަހުގެ ކަރަންޓް ބިލުން 40 އިންސައްތަ ހިލޭކޮށްދިނުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ސްޓެލްކޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ދުވަސްވަރު ގިނަ އަދަދަކަށް ކަރަންޓް ބޭނުންކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް، އެކަމަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

މީގެ އިތުރުން، ބިލް ދެއްކުމުގައި ސްޓެލްކޯގެ އެޕްލިކޭޝަން ބޭނުން ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަރުކާރުން ވަނީ އަންނަ އޭޕްރީލް އަދި މެއި މަހުގެ ކަރަންޓް ބިލުން 40 އިންސައްތަ ސްބސިޑައިޒް ކުރުމަށް ނިންމާފަ އެވެ. ސްޓެލްކޯ އިން ބުނީ އެ ދެ މަހުގެ ބިލް ތައްޔާރުކުރާނީ ސަބްސިޑީ ހިމަނައިގެން ކަމަށެވެ.

ސްޓެލްކޯ އިން ވަނީ މި ހިނގާ މާޗު މަހުގެ ކަރަންޓް ބިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި އެސްއެމްއެސްގެ ޒަރީއާ އިން ރައްޔިތުންނަށް ފޯރުކޮށްދީފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top