Advertisement

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ފޮޓޯ: އެމްއޭސީއެލް

ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރަނީ

FacebookTwitterWhatsAppTelegramViber

މި ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަށް އެއްވެސް ގައުމެއްގެ މީހުން ވަނުން މަނާކުރަން ސަރުކާރުން ނިންމައިފި އެވެ.

އެކަން ހާމަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ކުރިއަށް ގެންދަވާ ނޫސް ކޮންފަރެންސެއްގަ އެވެ. ދަރުބާރުގޭގައި ކުރިއަށްދާ މި ނޫސް ކޮންފަރެންސްގައި ރައީސް ސޯލިހް ވިދާޅުވީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެ އިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީހުން ފެށިގެން، 14 ދުވަސް ހަމަވުމުން، އެ ރިސޯޓެއްގެ މުވައްޒަފުންނަށް ރިސޯޓުން ފުރައިގެން އެހެން ތަންތަނަށް ދިއުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

މިހާރު އޮތް ގޮތުން އެއްވެސް ރިސޯޓަކުން މީހުން އެހެން ތަނަކަށް ދިއުމަކީ މަނާ ކަމެކެވެ.

މީގެ އިތުރުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން އިތުރު އެއް ހަފްތާ އަށް ސަރުކާރު ބަންދުކޮށް، ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތައް ވެސް ބަންދުކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރާއްޖެ އިން ވަނީ ވަރަށް ގިނަ ގައުމުތަކަކުން މީހުން އައުން މަނާކޮށްފަ އެވެ. އެއީ ޗައިނާ، އިޓަލީ، އިރާން، ސްޕެއިން، އިނގިރޭސިވިލާތް، މެލޭޝިޔާ، ބަންގްލަދޭޝް އަދި ސްރީ ލަންކާ އިތުރުން، ދެކުނު ކޮރެއާ، ފްރާންސް އަދި ޖަރުމަނުގެ ބައެއް ސަރަހައްދުތަކުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top