Advertisement

ކޮވިޑް-19 އިން ސަލާމަތްވުމަށް ވޯލްޑް ބޭންކުން ރާއްޖެ އަށް 10 މިލިއަން ޑޮލަރު

FacebookTwitterWhatsAppTelegramViber

ކޮވިޑް-19 އިން ސަލާމަތްވުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު ދީފި އެވެ.

އެކަން ހާމަކުރެއްވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އެހެން ނަމަވެސް، މިކަމުގެ އިތުރު ތަފްސީލެއް އެ މަނިކުފާނު ނުދެއްވަ އެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިން ބުނެފައިވާ ގޮތުގައި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މި އަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގަ އެވެ.

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ ރިސެޝަނަކަށް ދާނެ ކަމުގެ ބިރު ވެސް އެ މަނިކުފާނު ވަނީ ފާޅުކުރައްވާފަ އެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލި ޖެހިފައިވާ 13 މީހަކު ރާއްޖެ އިން ފެނިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅު ވެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top