Advertisement

އިތުރު 10 މަހަށް ވާ ވަރަށް ކާޑުގެ ބާވަތްތައް ގެންނަނީ

FacebookTwitterWhatsAppTelegramViber

އަންނަ އޭޕްރީލް 15 ގެ ކުރިން އިތުރު 10 މަސް ދުވަހަށް ވާ ވަރަށް ކާޑުގެ ބާވަތްތައް ގެންނަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އިތުރު 10 މަސްދުވަހަށް ބޭނުންވާ ވަރަށް ހަނޑުލާއި ހަކުރުގެ އިތުރުން ފަސް މަސް ދުވަހަށް ވާ ވަރަށް ފުށް ގެންނަން މިހާރު އެސްޓީއޯ އިން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ހުރިހާ ރަށެއްގައި މިހާރު ވެސް ކާޑުގެ ބާވަތްތައް އިތުރަށް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތީ ރޯދަ މަސް ކަމަށް ވުމުން، މި ވަގުތު ދަތުރުކުރުމަށް ދަތިވެފައި ވާތީ، އެސްޓީއޯ މެދުވެރިކޮށް، ތަކެތި ރަށްރަށަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން ކާޑުގެ ބާވަތްތައް ހުސްވެދާނެ ކަމަށް ހީކޮށް ބައެއް ފަރާތްތަކުން ގެއަަށް އެތައް މަހަކަށް ވާ ވަރަށް ކާއެއްޗިހި ވައްދާފައި ވެއެވެ. އެހެން ނަމަވެސް، އެގޮތަށް ކާޑު ގޭގޭގައި ގުދަން ނުކުރުމަށް އެސްޓީއޯ އިން ވަނީ އެދިފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top