Advertisement

ރޮބޮޓުން ދޫކުރާ 'ލައިޓް ބީމް' އިން ހޮސްޕިޓަލް ތެރޭގައި އުޅޭ ވައިރަސް މަރާލަނީ

FacebookTwitterWhatsAppTelegramViber

"ކޮޓަރިން ނުކުމެ، ދޮރު ލައްޕާ، ޑިސްއިންފެކްޓްކުރަން ފަށާ"، ރޮބޮޓުން އަންނަ އަޑެއް ބުނެއެވެ.

"ޗައިނާ ބަހުން ވެސް މިހާރު އެހެން ބުނެލާނެ"، މި ރޮބޮޓް އޮޕަރެޓްކުރާ ގޮތުގެ މަޢުލޫމާތު ދެއްވަމުން ޔޫވީޑީ ރޮބޮޓްސް ގެ ވައިސް ޕްރެޒިޑެންޓް ސައިމަންއެލިސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އައީ، މި ބިޒިނަސް ބާރު މިނެއްގައި ކުރިއަރުވަމުން. އެކަމަކު ކޮރޯނާވައިރަސްގެ ސަބަބުން ޑިމާންޑް މާ މައްޗަށް އެރީ"، ޗީފް އެގްޒެކެޓިވް ޕާ ޖޫލް ނީލްސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި، އެތަކެއް ޓުރަކެއްގެ ލޯޑުގެ މި ވައްތަރުގެ ރޮބޮޓްތައް މިހާރު ވަނީ ޗައިނާ އަށް، ޚާއްޞަކޮށް ވޫހާން އަށް ޝިޕްކޮށްފައެވެ. އަދި އޭޝިޔާގެ އެހެން ހިސާބުތަކާއި، ޔޫރަޕް ގައި ވެސް މި ރޮބޮޓްތައް ދަނީ ވިކެމުންނެވެ. އިޓަލީ އިން ވެސް ދަނީ މި ރޮބޮޓްތައް ގަންނަމުންނެވެ.

ޑެންމާކުގެ ތިންވަނަ އަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ރޮބޮޓް އުފެއްދުމުގެ ހަބަކަށް ވެފައިވާ އޮޑެންސް ގައި ހުންނަ ފެސިލިޓީން މިހާރު މިރޮބޮޓްދަނީ ވަރަށް ގިނައިން އުފައްދަމުންނެވެ.

މި ރޮބޮޓް ގައި ހުންނަ އަށް ބޮކިން ފޮނުވާލަނީ ޔޫވީ-ސީ އަލްޓްރާވަޔޮލެޓް އައްޔެވެ. އެ އަލިން ބެކްޓީރިއާތަކާއި، ވައިރަސްތަކާއި، އެހެނިހެން ގެއްލުންދެނިވި މައިކްރޯބްތައް މަރާލަނީ އެއެއްޗެހީ ގައި ހުންނަ ޑީއެންއޭ އާއި، އާރްއެންއޭ ނައްތާލައިގެންނެވެ. އޭރުން އެ ވައިރަސްތަކާއި ބެކްޓީރިއާތައް ގިނަނުވާނެ އެވެ.

މި ރޮބޮޓުން ފޮނުވާ އައްޔަކީ އިންސާނުންނަށް ވެސް ގެއްލުންހުރި އެއްޗަކަށް ވާތީ، މީހުން ވެސް ރޮބޮޓް ހިންގާއިރު ތިބެންޖެހެނީ ބޭރުގައެވެ. ކޮންމެ ބުރަކަށް ނަގަނީ 10-20 މިނިޓެވެ. އޭގެ ފަހުން ދުވަނީ އިސްތަށި އަންދާފައި ހުންނަ ވަސް ކަހަލަ ވަހެކެވެ.

އެކަށީގެންވާ ވަރަށް އަދި އެކަށީގެންވާ ވަގުތަކަށް މި ރޮބޮޓުން އަލްޓްރާވަޔޮލެޓް އަލި ފޮނުވިއްޖެ ނަމަ، އެ އޯގަނިޒަމްތައް މަރާލެވޭނެ ކަމުގެ ޔަގީންކަން އުފެއްދި ފަރާތުން ދެއެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top