Advertisement

ކޮވިޑް-19ގެ އަލާމާތްތައް ދެނެގަތުމަށް ލަންޑަންގެ ޔުނިވަސިޓީއަކުން އެޕެއް

FacebookTwitterWhatsAppTelegramViber

ކޮރޯނާވައިރަސް ފެތުރުން މަދުކުރުމަށްޓަކައި ވައިރަހުގެ އަލާމަތްތައް ދެނެގަނެވޭނެ އެޕެއް ކިންގްސް ކޮލެޖް ލަންޑަންއިން އުފައްދައިފިއެވެ.

މި އެޕް ޓެސްޓްކުރުމަށްޓަކާ މިހާތަނަށް ޔޫކޭގެ އެކި ހިސާބުތަކުން 5000 އެއްމާބަނޑު ކުދިންނާއި އެމީހުންގެ އާއިލާ ހޮވާލެވިފައިވެއެވެ. މި ހޮވާލެވުނު މީހުން ބޭނުންކޮށްގެން ރިސާޗްކުރާ މީހުން ތަފާތު 4 ކަމެއް ދެނެގަންނާނެއެވެ. އެއީ:

  1. ތަފާތު ހިސާބުތަކުގައި ވައިރަސް ފެތުރޭ ބާރުމިން
  2. ގައުމުގައި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ހިސާބުތައް
  3. ކޮރޯނާ ވައިރަސްގެ އަލާމާތްތަކަކީ ކޮބައިކަން
  4. ވައިރަސްގެ އަސަރު ވަކި އުމުރެއްގެ މީހުންނަށް މާބޮޑަށް ކުރާ ސަބަބު

އެ ޔުނިވަސިޓީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން މި ރިސާޗްގައި އެއްމާބަނޑު ކުދިން ބޭނުންކުރުމަށް ނިންމާފައިވާ ސަބަބަކީ ތިމާވެށީގެ ފެކްޓާތައް ކަމަށްވާ ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ބަލިހާލަތު ހުރި ގޮތުގެ އިތުރުން އެއްވެސްކަހަލަ އިންފެކްޝަނެއްގެ ސަބަބުން ޖީންތަކަށް ކުރާ އަސަރު ދެނެގަތުމަށެވެ.

އެގޮތުން މި ރިސާޗްގައި ބައިވެރިވާ މީހުން ކޮންމެ ދުވަހަކުވެސް އެމީހުންގެ ފިނި ހޫނުމިން، ކެއްސާ ކިނބިހި އެޅުން، ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ނޭވާލާން އުނދަގޫނަމަ އެކަން ކަން ރިކޯޑްކުރަމުން ގެންދާނެއެވެ. އެއްވެސް ވަރަކަށް ކޮވިޑް-19ގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަށް އެމީހެއްގެ ގެއަށް ޓެސްޓިން ކިޓެއް ފޮނުވޭނެއެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top