Advertisement

ޖަރުމަނަށް އެތެރެކުރަން އުޅުނު 6 މިލިއަން މާސްކު ވީނުވީއެއް ނޭނގި ގެއްލިއްޖެ

FacebookTwitterWhatsAppTelegramViber

ޖަރުމަނުގެ އަސްކަރިއްޔާއިން އެގައުމަށް އެތެރެކުރަން އުޅުނު 6 މިލިއަން މާސްކު ކެންޔާގެ ނައިރޯބީ އެއާޕޯޓުން ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

ޖަރުމަނު ސަރުކާރުގެ އޮފިޝަލަކު މައުލުމާތު ދެއްވިގޮތުގައި ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން ޑިފެންސް މިނިސްޓްރީއިން މާސްކުތައް އޯޑަރު ކޮށްފައިވަނީ ކޮމާޝަލް ކުންފުންޏަކުން ކަމަށާއި އޯޑަރު ކޮންފާމްވި ކަމުގެ ރަސީދު ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައިވާނޭ ކަމަށެވެ. އެހެން ނަމަވެސް ފައިސާ ދައްކަން ނިންމާފައި އޮތީ މާސްކުތައް ލިބުމުން ކަމުން އަދި އެ އޯޑަރަށް ފައިސާ ދައްކާފައި ނުވާކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވިގޮތުގައި މާސްކުތައް ނައިރޯބީ އެއާޕޯޓުން ގެއްލެންވީ ސަބަބެއް ނޭނގޭކަމަށާއި މާސްކުތައް ޝިޕްކޮށްފައިވަނީ ކޮންތަނަކަށް ކަމެއްވެސް ސާފުނުވާކަމަށެވެ.

ޖަރުމަނުގައި މިހާތަނަށް ކޮވިޑް-19 އަށް 30،081 މީހުން ޕޮޒިޓިވްވެފައިވާ އިރު 130 މީހުން ވަނީ މަރުވެފައެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top