Advertisement

އިނގިރޭސި ރައްޔިތުން ލޮކްޑައުން އިރުޝާދުތަކަށް ބޯނުލަނބާނަމަ ޖުރިމަނާ ކުރަނީ

FacebookTwitterWhatsAppTelegramViber

އިނގިރޭސި ވިލާތް ލޮކްޑައުންކޮށް ރައްޔިތުން ގޭގައި ތިމުބަށް ދެވޭ އިރުޝާދުތަކަށް ބޯނުލަނބާ މީހުން ހަމަ ވަގުތުން ވަގުތަށް 35 ޕައުންޑް އިން ޖުރިމަނާކުރާނެ ކަން އެގައުމުން ހާމަކޮށްފިއެވެ.

ޔޫކޭގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ ހަވާލާދީ ތަރުޖަމާނު ވިދާޅުވިގޮތުގައި ރައްޔިތުން އެއްބާރުލުން ނުދޭނަމަ ޖުރިމަނާގެ އަދަދު ކުރިއަށްއޮތްތާ ބޮޑު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ބޮޑުވަޒީރު އިއްޔެ ހާމަކުރެއްވި ގޮތުގައި އެގައުމުގެ ރައްޔިތުން ބޭރުތެރެއަށް ނުކުމެ އުޅުމަށް ހުރަސްތަކެއް އެޅިފައިވާނެއެވެ. އެގޮތުން، ހަމައެކަނި ބޭރަށް ދެވޭނީ ކާއެއްޗެހި ގަތުމަށާއި ޑޮކްޓަރަށް ދެއްކުމަށާއި ދުވާލަކު އެއްފަހަރު ކަސްރަތުކުރުމަށާއި ގެއިން މަސައްކަތްކުރެވެން ނެތް ހާލަތުގައި ވަޒީފާއަށް ދިއުމަށްކަމަށް ވަނީ ނިންމާފައެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top