Advertisement

ކޮވިޑް-19: ކާރު އުފައްދާ ފެކްޓަރީ ތަކުން ވެންޓިލޭޓަރާއި މާސްކު އުފައްދަނީ

FacebookTwitterWhatsAppTelegramViber

ކޮރޯނާވައިރަސް ޕެންޑެމިކްގައި އެހީތެރިވުމަށް ސަރުކާރުތަކުން ގޮވާލި ގޮވުމަށް އިޖާބަދީ ކާރު އުފައްދާ ފެކްޓަރީ ތަކުން ވެންޓިލޭޓަރާއި މާސްކު ފަދަ ތަކެތި އުފައްދަން ނިންމައިފިއެވެ.

ހޯމަ ދުވަހުން ފެށިގެން ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ފިއެޓުން ވަނީ އެއް މަސްދުވަހުން އެއް މިލިއަން މާސްކު އުފެއްދުމަށްޓަކާ އެމީހުންގެ ޗައިނާގައި ހުރި ފެކްޓަރީގެ މަސައްކަތް އެއްކޮށް އެކަމަށް ހާއްސަކޮށް ބަދަލުކޮށްލާފައެވެ. އަދި ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މީގެ އިތުރުންވެސް ބައެއް ކުންފުނިތަކުން ދަނީ ކާރު އުފެއްދުމުގެ ބަދަލުގައި ވެންޓިލޭޓަރާއި ރެސްޕިރޭޓާ ފަދަ އެހެނިހެން ސިއްހީ ވަސީލަތްތައް އުފެއްދިދާނެ ގޮތްތައް ދިރާސާ ކުރަމުންނެވެ.

ޖެނެރަލް މޯޓާސް، ފޯޑް އަދި ޓެސްލާ އިންވަނީ ޖަޕާނުގެ ނިސާން އާއި ޔޫކޭގެ ފޯމިއުލާ 1 އާއި ގުޅިގެން ވެންޓިލޭޓަރުތައް އުފެއްދުމުގެ މަސައްކަތަށް އެމީހުންގެ އެއްބާރުލުމާއި ވަސީލަތްތައް ދޭން ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top