Advertisement

އެސްޓީއޯގެ ޝިޕިން ލައިން ފަށައިފި، ފުރަތަމަ ބޯޓު އަންނަ ހަފްތާގައި އަންނާނެ

FacebookTwitterWhatsAppTelegramViber

އެސްޓީއޯގެ ޝިޕިން ލައިން ރަސްމީކޮށް ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން އިއްޔެ ދަރުބާރުގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ވިދާޅުވި ގޮތުގައި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) މިހާރު ވަނީ ގާއިމްކުރެވިފަ އެވެ. އަދި އެމްއެސްއެސްގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅަށް ފަހު އެސްޓީއޯ އިން ވަނީ، އެމްއެސްއެސްގެ ލޯގޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި އެ ކުންފުނިން ވެސް ވަނީ އެމްއެސްއެސްގެ ފުރަތަމަ ކޮންޓެއިނަރު ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ބުނެފަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އަމިއްލަ ޝިޕިން ލައިނެއް އޮތީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް، މިހާރު ކުރިމަތިވެފައިވާ ފަދަ އިމަޖެންސީ ހާލަތްތަކުގައި މިފަދަ ޝިޕިން ލައިނެއްގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމީ ޝިޕިން ލައިނެއް އޮތުމުން މުދާ އެތެރެކުރާ ފަރާތްތަކަށް މިހާރަށް ވުރެ އަގުހެޔޮކޮށް އަދި ޔަގީންކަމާ އެކު މުދާ އެތެރެކުރުމުގެ މަގުފަހިވެގެންދާނެ. މީގެ ސަބަބުން، ތަކެތީގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެ،" އަމްރު ރޭ ކުރެއްވި ޓުވީޓެއްގައިވެ އެވެ.

ރާއްޖޭގައި ކުރިން ކާގޯ ޝިޕިންގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ބަނގުރޫޓުވުމުން އެ ކުންފުނި އުވާލަން ވަނީ ނިންމައިފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top