ސްކޫލްތަކުގެ ދިރާސީ އާ އަހަރާ ގުޅުވައިގެން ކުރިޔައްގެންދާ "ބެކްޓު ސްކޫލް ޕްރޮމޯޝަން" އެސްޓީއޯއިން މިއަދު ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ވެސް ކުރިޔައްދާނެ ކަމަށެވެ.

ކިޔަވާ ކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

މިގޮތުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ގަންނަފަރާތްތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕްންއެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެ އެވެ.

ރީޓެއިލްގެ ތިންވަނަ ނަސީބުވެރިޔާއަށް 1،500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް، ދެވަނަ ނަސީބުވެރިޔާއަށް 2،500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗާއެއް އަދި އެއްވަނަ ނަސީބުވެރިޔާއަށް 5،000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާއެއް ލިބެ އެވެ.

ހޯލްސޭލްގެ ތިންވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސެގެ ފެން ކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެ ދޭން ނިންމާފައިވެ އެވެ. ދެވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަން ގެ އިތުރުން ހަމަ މި ބްރޭޑްގެ ޕްރެޝަ ކުކަރެއް ލިބޭނެ އެވެ. އެއްވަނަ ނަސީބުވެރިޔާއަށް ލިބިލައްވާނީ 327ލ ގެ ޗެސްޓް ފްރީޒާ އެކެވެ.

އެސްޓީއޯ އިން ބެކްޓު ސްކޫލް ޕްރޮމޯޝަން ފެށުން / ފޮޓޯ: އެސްޓީއޯ

މީގެ އިތުރުން ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް އެއް ލީޓަރު ކިރު ޕެކެޓް އަދި ގަންނަ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕް އެއް ލިބޭނެ އެވެ.

މި ކަޕްއަކީ ލިމިޓެޑް އެޑިޝްނަން ކަޕްތަކެކެވެ. އަދި ސްޓޮކް ހުސްވާދެން ކަސްޓަމަރުންނަށް ދޫކުރަމުން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.