އުރީދޫން ކުރިޔަށް ގެންދާ "ވޯލްޑް ކަޕް ފޯރީ 2022" ކެމްޕެއިންގެ ދަށުން ހަތަރު ނަސީބުވެރި ކަސްޓަމަރަކަށް، ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ލަކީ ޑްރޯއެއް ތައާރަފްކޮށްފި އެވެ.

މި ހާއްސަ ލަކީ ޑްރޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އޯގަސްޓް އިން އަންނަ އޮކްޓޫބަރު 31 ގެ ނިޔަލަށެވެ.

އުރީދޫން ބުނީ މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވާ އިޢުލާން ކުރަން ރާވާފައިވަނީ ނޮވެންބަރު 10 ގައި ކަމަށެވެ. އަދި ސެމީ ފައިނަލް ބަލާލުމުގެ ފުރުސަތުގެ އިތުރުން ލަކީ ޑްރޯގެ ބައިވެރިންގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ވޯލްޑް ކަޕް މާޗެންޑައިޒް އާއި އެނޫންވެސް އިނާމުތައް އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރި ލަކީ ޑްރޯ އިއުލާނުކޮށްފައިވަނީ އެ ކުންފުނީގެ 17 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ފުޓްބޯޅަ އިވެންޓެއްގަ އެވެ.

މި ހަރަކާތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަލްފާޟިލް ޚާލިދު އަލްޙަމާދީ އެވެ.

ހެންވޭރު ދަނޑީގައި މިއަދު ހަވީރު ބޭއްވުނު މި ޚާއްސަ ޙަފްލާގައި، ފިޔަވަތިގެ 50 ކުދިން ވަނީ ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ 5 މެންބަރުންނާ އެކު ފުޓުބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގެން ފައެވެ.

ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލައިފަ އެވެ. ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުން، އުރީދޫ ބިލް ޕޭމަންޓް، އާ ޕްލޭނަކަށް އަޕްގްރޭޑް ކުރުން ނުވަތަ ސަބްސްކްރައިބް ކުރުން، މޫލީ މެދުވެރިކޮށް ޝޮޕިން ކުރުން ނުވަތަ ޕްރޮމޯޝަނަލް ޕީރިއަޑްގައި އެމް-ފައިސާގެ ޚިދުމަތް ބޭނުން ކުރުން ފަދަ އެ ކުންފުނީގެ ޚިދުމަތްތައް އަމަލީ ގޮތުން ބޭނުން ކުރާ ހުރިހާ އުރީދޫ ކަސްޓަމަރުން ވެސް، މި ނަސީބުވެރި ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކުން ވެގެންދާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫއާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށް ވެސް ލަކީ ޑްރޯގައި ބައިވެރިވެ، ފޯރިގަދަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރީ ލަކީ ޑްރޯ އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ore.do/worldcup2022 ޒިޔާރަތް ކޮށްލައްވާށެވެ.