ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވައިފި އެވެ.

މި ގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:

  • މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – އއ. ހިމަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ކްލަބް ނިއު ފްރެންޑްސް
  • ބޮޑުފޮޅުދޫ ސްކޫލުގައި އާރްއޯ މެޝިން، ފެން ޑިސްޕެންސަރ ބެހެއްޓުން – އއ. ބޮޑުފޮޅުދޫ، ޕްރޮޖެކްޓް ހުށަހެޅީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން
  • މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – ހދ. ނޭކުރެންދޫ، ޕްރޮޖެކްޓް ހުށަހެޅީ ނޭކުރެންދޫ ޑިވެލޮޕްމަންޓް
  • ޕްރީ ސްކޫލު ޕާކު ތަރައްގީ ކުރުން – އދ. ފެންފުށި، ޕްރޮޖެކްޓް ހުށަހެޅީ ފެންފުށި ޒުވާނުންގެ ދިރުން
  • މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – ދ. ހުޅުދެލި، ޕްރޮޖެކްޓް ހުށަހެޅީ ހުޅުދެލި އައިލެންޑް ސޯޝަލް އެންޑް ސްޕޯރޓްސް އެސޯސިއޭޝަން

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ.

ބީއެމްއެލް އިން ބުނީ މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 70 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައިވާނެ ކަމަށެވެ އަދި ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރު އިތުރު 10 ޕްރޮޖެކްޓް އަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.