ވިލާ ކުންފުނީގެ ވިލާ ހަކަތަ އިން "ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" ގެ ނަމުގައި މިދިޔަ އަހަރު ފެށި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިންނަށް ފައިސާގެ އިނާމު ހަވާލު ކުރުން މިއަދު ހަވީރު ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.

"ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" އަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވެގެން ހަ މަސް ދުވަސް ވަންދެން ވިލާ ގޭސް އޯޑަރުކޮށް ފައިސާ ދައްކާ މީހުންގެ މެދުގައި ކުރިއަށްގެންދިޔަ ހާއްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ފުރަތަމަ ހަ މަސް ދުވަހުގެ ނަސީބުވެރިން ވަނީ ޖުލައި ހަ ވަނަ ދުވަހު ހޮވާފަ އެވެ. އެއީ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން މީހެކެވެ. އެއިން ކޮންމެ މީހަކަށް މިއަދު 6،000ރ ލިބޭނެ އެވެ. އެއީ ހިޔާ ފެލްޓްތަކުގެ ހަ މަސް ދުވަހުގެ މެއިންޓެނެންސް ފީއަށް ވާ އަގެވެ.

އެ މީހުންނަށް ފައިސާގެ އިނާމު ހަވާލު ކުރުން އޮންނާނީ މިއަދު ހަވީރު ހިޔާ ފްލެޓްގެ 14 ވަނަ ޓަވަރު ކައިރީގައެވެ. އެގޮތުން އެ ހާއްސަ އިވެންޓް ހަވީރު 4:30 އިން 5:30 އަށް ކުރިއަށް ދިޔަ އެވެ.

މި ޕްރޮމޯޝަން މިހާރު ވެސް ދަނީ ކުރިއަށްކަން ފާހަގަކޮށްލަން ޖެހެ އެވެ. އަދި މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ގޭސް ފުޅީގެ އަގު މުޅިން ހިލޭ ކުރެވޭ ގޮތްވެސް ހަދާފައިވެ އެވެ. އެގޮތުން ރެޖިސްޓާކުރުމަށް 3336633 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި ވިލާ ހަކަތައިގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކަސްޓަމަރުން ވިލާ ގޭސް ވިއްކަނީ ވިލާ ޓްރޭޑިންގެ ބްރާންޗެއް ކަމަށްވާ ވިލާ ހަކަތައިންނެވެ

.ވިލާ ހަކަތައަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރި ކުރާ ބޮޑު ވިޔަފާރިއެކެވެ. ވިލާ ހަކަތަ އަކީ 2003 ވަނަ އަހަރު އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގޭސް އޮއިލް (އެމްޖީއޯ) އަދި ސިމެންތި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ.