Advertisement

ރިސޯޓް މުވައްޒަފުން ގެންދަން މަންޓާ އެއާ އިން ޗާޓަރު ފްލައިޓްތަކެއް

FacebookTwitterWhatsAppTelegramViber

ކޮވިޑް-19 އާ ގުޅިގެން ގިނަ އަދަދެއްގެ ރިސޯޓް މުވައްޒަފުންނަށް ރަށްރަށަށް ނުދެވި ތިބުމާ ގުޅިގެން، އެ ފަރާތްތަކަށް ރަށަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި ރިސޯޓްތަކާ ގުޅިގެން މަންޓާ އެއާ އިން ޗާޓަރު ފްލައިޓްތަކެއް އަޅަން ފަށައިފި އެވެ.

މަންޓާ އެއާ އިން ވަނީ އައްޑޫ ފުވައްމުލައްް އަދި ކުޅުދުއްފުށްޓަށް މިއަދު ދަތުރުތަކެއް ކޮށްފަ އެވެ.

މަންޓާ އެއާގެ އޮފިޝަލަކު ވިދާޅުވީ، މި ހުރިހާ ދަތުރަކީ ވެސް ރިސޯޓްތަކުން ޗާޓަރުކޮށްގެން ކުރަމުންދާ ދަތުރުތައް ކަމަށެވެ.

މަންޓާ އެއާ އިން ބުނީ ކޮންމެ ދުވަހަކު ވެސް މި ގޮތަށް ޗާޓަރު ފްލައިޓްތަކެއް މިހާރު ބާއްވަމުން އަންނަ ކަމަށެވެ.

"އަމިއްލަ ފަރާތްތަކުން ވެސް 42 ނުވަތަ 44 މީޙުން ފުރާކަން ޔަގީންކުރުމަށް ފަހު އަންގާލުމުން އަޅުގަނޑުމެން ދަތުރު އަގެއްދީ ފްލައިޓް ދަތުރު ހަމަޖައްސައި ދޭނަން،" މަންޓާ އެއާގެ އޮފިޝަލް ވިދާޅުވި އެވެ.

މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ރިސޯޓެއް ކަހަލަ ގޮތަކަށް ގެސްޓުން ނެތި ހުސްވެފައިވާ އިރު، ރިސޯޓްތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ އަމިއްލަ ރަށަށް ދަތުރުކުރަމުންނެވެ. އެހެން ނަމަވެސް، މި ދުވަސްވަރު ޑޮމެސްޓިކް ފްލައިޓްތައް ވެސް ވަނީ ވަރަށް މަދުކޮށްފަ އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ މީހުން ގުޅައި ބްކިންސް ހަދަމުން އެބަދޭ. އެހެން ނަމަވެސް ފްލައިޓް ޗާޓަރުކުރާ ފަރާތްތަކުން އަދަދު ހަމަކޮށް ފްލައިޓް ފުލްވުމުން އިތުރު ޖާގައެއް އަޅުގަނޑުމެންނަށް ދެވެން ނޯންނާނެ،" މަންޓާ އެއާގެ އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން، މަންޓާ އެއާ އިން ވަނީ ޝެޑިއުލްކޮށް ކުރަމުން އައި ޑޮމެސްޓިކް ދަތުރުތައް ހުއްޓާލާފަ އެވެ. އެހެން ނަމަވެސް، ދިވެހިންނަށް ހާއްސަކޮށް، ބ. އަދި ދ. އަތޮޅަށް ސީޕްލޭން ދަތުރުކުރާނެކަން އެ އެއާލައިނުން ހާމަކޮށްފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އޭވިއޭޝަން ސިނާއަތަށް ކުރިމަތިވަމުންދާ ހީނަރުކަމާ ގުޅިގެން، ރާއްޖޭގެ އެއާލައިންތަކަށް 507 މިލިއަން ޑޮލަރުގެ ގެއްލުން މި އަހަރު ލިބޭނެ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ވަނީ އަންދާޒާކޮށްފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top