އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި އަދި މެދުއިރުމައްޗާއި، އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާ ގައި ހަރަކާތްތެރިވާ އައިސީޓީ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ އުރީދޫ ގްރޫޕުގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން - "އަޕްގްރޭޑް ޔޯ ވޯލްޑް" މިއަދު ރާއްޖޭގައި އިފްތިތާހުކޮށްފި އެވެ.

އަޕްގްރޭޑް ކޮށްފައިވާ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މާހައުލުގަ އެވެ. އަދި އޭޝިއާގައި އުރީދޫ އޮޕަރޭޓް ކުރާ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އަކީ، އުރީދޫ ގްރޫޕުގެ ތަސައްވަރާއި އަމާޒު އެންމެ ފުރިހަމަ އަށް ތަމްސީލްކޮށްދިނުމަށް އެކުންފުނީގެ ބްރޭންޑްއަށް ގެނައި މި ބަދަލު އެންމެ ފުރަތަމަ އިފްތިތާހުކުރި ކުންފުންޏެވެ.

އަޕްގްރޭޑް ޔޯ ވޯލްޑް

އުރީދޫގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އަކީ ކޮންމެ މީހަކަށް، ވިޔަފާރިއަކަށް، އަދި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކާއި ތައާރަފުކުރާ އައު އީޖާދުތަކުގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މަގްސަދު އެންމެ ފުރިހަމައަށް ދައްކުވައިދޭ ޓެގްލައިނެވެ.

އުރީދޫގެ އައު އައިޑެންޓިޓީއަކީ އެ ކުންފުނިން ކުރަމުން އައި ދަތުރުގައި ޒަމާނީ ޓެކްނޮލޮޖީއާއި އެއްހަމަކޮށް ވިޔަފާރިއަށް ގެންނަމުން އަންނަ ކުރިއެރުމާ އެއްގޮތައް މަތިން ގެނެވުނު ބަދަލެކެވެ.

އުރީދޫ ބްރޭންޑަށް އައި މި ބަދަލު އިތުރަށް ދެނެގަތުމަށް، ވީޑިއޯ ބައްލަވައިލައްވާ:

https://www.youtube.com/watch?v=V0z3hiU896k

އުރީދޫގެ އެމްޑީ އަދި ގްރޫޕް ސީއީއޯ އަޒީޒް އަލް-އުތްމާން ފަޚްރޫ ވިދާޅުވީ މިއީ އެ ކުންފުނިން އެންމެން ވެސް އިންތިޒާރުކުރަމުން އައި ވަރަށް އުފާވެރި އާ މަރުހަލާއެއް ކަމަށެވެ. އަދި މިއީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންގޮސް އަގުހުރި ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކާމިޔާބުކަމާއެކު ކުރިއަށްގެންދާ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ އައު މަރުހަލާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިގޮތުން އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އުރީދޫގެ ޙިދުމަތްތައް ހޯދާ ފަރާތްތަކާއި ހިއްސާ ދާރުންނަށް ލިބޭ މަންފާ އެއްދުވަހުން އަނެއްދުވަހަށް އިތުރު ކޮށްދިނުމުގެ ސަގާފަތެއް ކުންފުނީގައި ދެމެހެއްޓުމަށް. އުރީދޫ އިން ކުރާ ކޮންމެ މަސައްކަތެއްގެ ފަހަތުގައި ވާ އަމާޒަކީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ކުރިއެރުންކަމަށް ވުމުން، އުރީދޫގެ އައު ޓެގްލައިން 'އަޕްގްރޭޑް ޔޯ ވޯލްޑް' ވަރަށް ފުރިހަމައަށް މި އަމާޒު ދޭހަކޮށްދޭ،" ސީއީއޯ އަޒީޒް އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނީގެ އާ ބްރޭންޑް ލޯގޯ އާއި ޓެގްލައިން ދިވެހި މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދި ކުރުމަށް ކުރަމުންދާ މަސައްކަތާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފެށުމުން ފެށިގެން ބޮޑެތި ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް، އުރީދޫ މޯލްޑިވްސް މިހާރު މިވަނީ މުއާސަލަތީ ހިދުމަތްތަކުގެ އިތުރުން ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭން ފަށައިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުރީދޫގެ އާ ޓެގްލައިން - "އަޕްގްރޭޑް ޔޯ ވޯލްޑް" އިން މި ބަދަލުތައް ދައްކުވައިދޭ އަދި ޓެކްނޮލޮޖީއާއި އެކު ހުޅުވިގެންދާ ފުރުސަތުތައް ފަހިކޮށްދިނުމުގައި އަޅުގަނޑުމެންގެ ތަސައްވުރު ވަރަށް ރަނގަޅަށް ދޭހަކޮށްދޭ. މުޅި ރާއްޖެ ހިމެނޭ ގޮތައް ބިނާކޮށްފައިވާ 4ޖީ+ ނެޓްވޯކް އަދި އުރީދޫގެ ވަރުގަދަ 5ޖީ ނެޓްވޯކްގެ އެހީގައި ޑިޖިޓަލް ދިވެހިރާއްޖެ އެއް ބިނާކޮށް، ސްމާޓް ސިޓީސް، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސްއަށް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މުޖުތަމައު މަގުފަހިކޮށްދިނުމުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި، ހުރިހާ ގޮތަކުންވެސް ތިޔަބޭފުޅުންގެ ދުނިޔެ އާރާސްތުކޮށް، ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް އަޅުގަނޑުމެން މަގުފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމި އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ކުންފުނިއަށް އައު ބަދަލާއެކު ކަސްޓަމަރުން އައު ހަރުފަތަކަށް

އެ ކުންފުނިން ބުނިގޮތުގައި "އަޕްގްރޭޑް ޔޯ ވޯލްޑް" މެދުވެރިކޮށް، ކަސްޓަމަރުންގެ އެކި ބޭނުންތަކާއި އެއްގޮތްވާގޮތައް ޙިދުމަތްތަކާއި ޕެކޭޖްތައް އިޙްތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެން ގޮސް، އުރީދޫ އާއި އެކު ކުރެވޭ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދެވޭނެ އެވެ.

އުރީގެ އާ ކެމްޕޭނާއި ބްރޭންޑް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެ މީހަކު ލޯގޯ ޖެހި ބޯޑެއް ހިފައިގެން ފަތަނީ. ފޮޓޯ: އުރީދޫ

2005 ވަނަ އަހަރު އުރީދޫ މޯލްޑިވްސް ގާއިމްވި ހިސާބުން، އެ ކުންފުނި ވަނީ، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗާ ބިނާ ކުރުމަށް މެދުކެނޑުމެއްނެތި ބޮޑެތި އިންވެސްޓްމަންޓްތައްކޮށް އިންގިލާބީ ބޮޑެތި ބަދަލްތަކެއް ގެނެސްފަ އެވެ. އަދި ޑިޖިޓަލް ޚިދުމަތްތައް ތަޢާރަފްކޮށް، ވިޔަފާރިތަކާއި މުޖުތަމަޢުތައް ކުރިއެރުވުމުގައި އިސް ރޯލެއް އަދާކޮށް އަހަރުން އަހަރަށް ބްރޭންޑް ވެލިއު އިތުރުކޮށް، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏަކަށް ވަނީ ބަދަލުވެފަ އެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި، އުރީދޫ މޯލްޑިވްސްއިން ވަނީ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން މުޅި ދުނިޔެއަށް ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނުވައިދޭ 5ޖީ ނެޓްވޯރކް ރާއްޖެއަށް ތައާރަފްކޮށް 5ޖީ އެއާ ފައިބާ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް އިތުރު ފުރުސަތުތައްވަނީ ހުޅުވައިދީފަ އެވެ.

އުރީދޫގެ ކުރިއަރާފައިވާ ނެޓްވޯކާއި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކުގެ އެހީގައި ސްމާޓް ސިޓީ، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކުގެ ބޭނުން ކަސްޓަމަރުންނަށް ފަހިކޮށްދެމުންނެވެ.

އުރީދޫ އެޕް މެދުވެރިކޮށް ޙިދުމަތްތައް އެއް ޕްލެޓްފޯމެކުން ފުރިހަމަ ޑިޖިޓަލް މޮބައިލް އެކްސްޕީރިއަންސެއް ފޯރުކޮށްދެ އެވެ. އުރީދޫ މޯލްޑިވްސް މޮބައިލް މަނީ ގެ ޚިދުމަތް އެމް-ފައިސާ އަކީ ފައިސާ ދެއްކުމުގައި، ވަކިން ޚާއްސަކޮށް ބޭންކް ޙިދުމަތް ހޯދުމުގައި ދަތިތައް ދިމާވާ މުޖުތަމަޢުތަކަށް، ފަސޭހައިން ފައިސާ ދެއްކޭނެ ރައްކާތެރި އަދި ފަސޭހަ ޙިދުމަތެކެވެ. އުރީދޫ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ކަސްޓަމަރުންނާއި ކައިރި އަދި ދުރުގައިވާ ވިޔަފާރިތަކާ ގުޅުވައިދެ އެވެ.

އަދި ކަސްޓަމަރުންނަށް މިހާރަށްވުރެ ރަނގަޅަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެ ކުންފުނިން ދަނީ މުވައްޒަފުންގެ ކުރިއެރުމަށް ބޮޑެތި އިންވެސްޓްމެންޓްތައްކޮށްް، ހުނަރުވެރި ޒުވާން ލީޑަރުން ބިނާކޮށް އަންނަން އޮތް ޖީލު ކުރިއެރުވުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އުރީދޫ ގްރޫޕް ސީއީއޯ އަދި ގަތަރުގެ ޑެޕިއުޓީ ސީއީއޯ ޝައިޚް މުހައްމަދު ބިން އަބްދުالله އަލްޘާނީ ވިދާޅުވީ އުރީދޫ ބްރޭންޑްއަށް މި ގެނެވުނު ބަދަލާ އެކުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް އަޅުގަނޑުމެންގެ ބިޒްނަސް މޮޑެލް އާއި އެންމެ ކުރިއަރާފައިވާ ޓެލްކޯ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން އެ ކުންފުނީގެ ހިދުމަތްތައް ދާނީ އިތުރަށް ފުޅާވެ ކަސްޓަމަރުންގެ ކުރިއެރުމަށް މަގު ފަހިވަމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މަސައްކަތާއި ގޭތެރޭގެ ދިރިއުޅުން، ހަލުވި ސްޕީޑެއްގައި ޑިޖިޓަލްވަމުންދާތަން، އިތުބާރުކުރެވޭ މުވާއްސަލާތީ ޕްރޮވައިޑަރެއްގެ މުހިންމުކަން އިތުރުވެގެންދާތަން. އަޅުގަނޑުމެންގެ އާ ބްރޭންޑް ޕޮޒިޝަން ގެ ސަބަބުން އުރީދޫ އޮޕަރޭޓްކުރާ ހުރިހާ މާކެޓެއްގައިވެސް އަޅުގަނޑުމެންގެ ކަސްޓަމަރުން އިތުރު ހަރުފަތަކަށް ގެންދެވޭނެ؛ އަދި، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތްތަކުގެ ވަރުގަދަ އީކޯސިސްޓަމެއް މެދުވެރިކޮށް ގުޅުވާލަދީ، ދުނިޔޭގެ ފެންވަރުގައި އިތުރު ފުރިހަމަކަމެއް ގެނެސްދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި، އުރީދޫ ގްރޫޕްގެ ޑިޖިޓަލް ޙިދުމަތްތަކަށް ބޭނުންވާ ވަރުގަދަ ނެޓްވޯކާއި އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ހިންގާ ޓްރާންސްފޮމޭޝަން ޕްރޮގްރާމް އާއި އެއްގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން ވެސް ދަނީ ނެޓްވޯކްތަކާއި ޓެކްނޮލޮޖީ އަދި މީހުން އަޕްގްރޭޑް ކުރުމަށް ވަރަށް ބޮޑަށް އިންވެސްޓްކުރަމުނެވެ.