ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމުގެ މަގުސަދުގައި ޖެނުއަރީ 13، 2021 ގައި އުފެއްދި ވިލާ ޓްރޭޑިން ކުންފުންޏަކީ ވިލާ ގްރޫޕްގެ ކުޑައިގެ ދަށުން ހިންގާ ކުންފުންޏެކެވެ.

ވިލާ ޓްރޭޑިންގެ އެންމެ ބޮޑު އަމާޒަކީ އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް އެކަށީގެންވާ ހެޔޮއަގެއްގައި ކަސްޓަމަރުންނަށް އަބަދުވެސް ލިބޭނެ ގޮތް ހެދުމެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ތާޒާ، ސިއްހަތާއި ތިމާވެއްޓަށް ފައިދާހުރި ކޮލިޓީ ރަނގަޅު ކިތަންމެ އުފެއްދުންތަކެއް އާންމުންނާ ހަމައަށް ގެނެސްދިނުމެވެ.

ވިލާ ޓްރޭޑިން އިން އާއްމުންނަށް ގިނަ ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކޮށް ފުޅާ ދާއިރާއެއްގައި އަންނަނީ ވިއްކަމުންނެވެ. އަދި އެ ކުންފުނިން ވިއްކާ ބާވަތްތަކަކީ އާއްމުންގެ މެދުގައި އިތުބާރު ލިބިފައިވާ ވަރަށް މަގުބޫލް ބްރޭންޑްތަކުގެ އުފެއްދުންތަކެވެ.

ބޮބްސް ރެޑް މިލްސްގެ އުފެއްދުންތަކެއް މީހަކު ބަލަނީ. މި އުފެއްދުންތައް ވިލާ މާޓުން ލިބެން ހުންނާނެ. ފޮޓޯ: ވިލާ ޓްރޭޑިން

ވޭތުވެދިޔަ ދޮޅު އަހަރު ތެރޭގައި ވިލާ ޓްރޭޑިންގެ ދަށުން ހުޅުވި އެކުންފުނީގެ ރީޓެއިލް ފިހާރަތަކާއި ހޯލްސޭލް ސާވިސް އިން އަންނަނީ ހޮޓާ، ރެސްޓޯރަންޓް، ކެފޭ އަދި ރިސޯޓްތަކަށާއި ރީޓެއިލް ފިހާރަތަކުގެ އިތުރުން ބޭކަރީތަކަށް ވެސް އެކި ބާވަތްތަކުގެ މުދާ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ.

ވިލާ ޓްރޭޑިން އިން ބޭކަރީތަކަށް ފޯރުކޮށްދޭ ބާވަތްތަކުގެ ތެރޭގައި ޕާނާއި ބަނަސް ފިހަން ހާއްސަ ފުށާއި ބަޓަރާއި ވިޕް ކްރީމް ހިމެނެ އެވެ. އޭގެ އިތުރުން ވެސް ގިނަ އަދަދަށް މުދާ ގަންނަ ގޭގެއަށް ވެސް އެ ކުންފުނިން ގެންގޮސްދެ އެވެ. އެގޮތުން ކިރާއި ޗީޒް، ކޭކު، ބްރައުނީސް، އަދި ވަފްލް ތައްޔާރުކުރާ ބޮބްސް ރެޑްމިލް ފުށާއި ފެނާގެ އައިސް ޓީގެ ބާވަތްތައް ވެސް ހިމެނެ އެވެ.

ކެއިން ބުއިމުގެ ހިދުމަތް ދޭ ހޮޓާ، ރެސްޓޯރަންޓް، ކެފޭތަކަށް ފޯރުކޮށްދޭ ބާވަތްތަކުގެ ތެރޭގައި ތާޒާ އޮރެންޖާއި އާފަލާއި ކުކުޅާއި ކިރާއި ކައްކާ ތެލާއި، ކައްކަން ބޭނުންކުރާ ކްރީމް އިތުރުން "ފެނާ" ބްރޭންޑްގެ ޖޫހާއި ޗޮކްލެޓް ހިމެނެ އެވެ. އަދި ރިސޯޓްތަކުގެ މިނީ ބާތަކަށް ބޭނުންވާނެ ނަޓްގެ އެކި ވައްތަރު ވެސް ހިމެނެ އެވެ.

ބޮބްސް ރެޑް މިލްސްގެ އުފެއްދުންތަކަކީ ސިއްހަތަށް ފައިދާ ހުރި އުފެއްދުންތަކެއް. މި އުފެއްދުންތައް ވިލާ މާޓުން ލިބެން ހުންނާނެ. ފޮޓޯ: ވިލާ ޓްރޭޑިން

މީގެ އިތުރުން ބަރގަރ ހަދަން ބޭނުންވާ ތަފާތު އެކި ވައްތަރުގެ ޗީޒް ލިބެން ހުރިއިރު އަލްމަރާއި ބްރޭންޑްގެ ޗެޑާ ޗީޒް 1.5 ޕަސެންޓް ފެޓް ހިމެނޭ ދަޅާއި ލޯންގް ލައިފް ކްރީމް އެނަލޯގް ދަޅާއި، ކްރީމް ޗީޒް، ސްޕްރެޑެބްލް ޗެޑަރ ޗީޒް، ކްރީމް ޗީޒް، ޗީސް ސްލައިސް އާއި ޕްރޮސެސްޑް ކްރީމް ޗީޒް ލިބެން އެބެހުއްޓެވެ.

ހެނދުނުގެ ނާސްތާއަށް ކަމުދާނެ "ބޮބްސް ރެޑްމިލް" ގެ އެކި ވައްތަރުގެ އޯޓް ކްރެކާސް، އޯޓް ބޮބްސް ބާރސް (ޕްރޮޓީން ބާރސް)، މިއުސްލީ، ގްރެނޯލާގެ އިތުރުން އެހެން ބާއްވަތްތައް ވެސް ވިލާ މާޓްއިން ލިބެ އެވެ. އަދި ޕްރޮޓީން ޕައުޑަރު އާއި ގްލޫޓަން ފްރީ ފުށް ވެސް ހިމެނެ އެވެ

ވިލާ ޓްރޭޑިން އިން އަންނަނީ ހުރިހާ ފަރާތްތަކަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދެމުންނެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސްނެކްސް އާއި ކުޑަކުދިންގެ އިންޓަވަލަށް ބޭނުންވާ ތަކެތީގެ އިތުރުން ބިސްކޯދާއި ކުކީސް، ކޭކް، ޗޮކްލެޓް، ވެފާ ފަދަ ތަކެތި ހިމެނެ އެވެ. އަދި "އަލްމަރައި" ބްރޭންޑްގެ ކުދި ޖޫސް ޕެކެޓާއި ކިރު ޕެކެޓް އަދި ޕްރޮޓީން ބާސް، ޗޮކްލެޓް ބާސް އިތުރުން ރޯސްޓާ ނަޓްސް އާއި "ޓޯނީޒް" ބްރޭންޑްގެ ޗޮކްލެޓް ހިމެނެ އެވެ.

ހުޅުމާލޭ ސެންޓަރަލް ޕާކުގައި ބޭއްވި އެފްއެންޑްބީ ޝޯގައި ހުރި ވިލާ ޓްރޭޑިންގެ ސްޓޭންޑްގައި ޕްރޮޑަކްޓްތަކެއް ބަހައްޓާފައި. ފޮޓޯ | ހުރިހާ

ހޯލްސޭލްކޮށް ގިނަ އަދަދަކަށް މުދާ ގަންނަ ފަރާތްތަކަށް އެ ކުންފުނިން ގެންގޮސްދިނުމުގެ ހިދުމަތް ވެސް ދެ އެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ރަށްރަށުގެ މުދާ އުފުލާ ބޯޓުތަކަށާއި ފެރީ އަދި ދޯނި ފަހަރަށް ވެސް މުދާ ގެންގޮސްދެ އެވެ. ވިލާ ޓްރޭޑިންގެ ހޯލްސޭލް ހޮޓްލައިން ނަމްބަރަކީ 7667711 އެވެ. އަދި އީ މެއިލް މެދުވެރިކޮށް ވެސް މުދާ ގަންނަން އޯޑަރުކުރެވޭނެ އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.