ހުޅުމާލޭގައި ހުންނަ ޕިއްޒާ ކިޗަން ރެސްޓޯރެންޓުން މާލެއަށް ޕިއްޒާ ގެންގޮސްދިނުމުގެ ޚިދުމަތް ދޭން ފަށައިފި އެވެ.

ތަފާތު އެކި ރަހަތަކުގެ ޕިއްޒާ އާއި އެނޫންވެސް މީރު ބުއިންތައް ލިބެން ހުންނަ ޕިއްޒާ ކިޗަން އިން ހުޅުމާލެއާއި މާލެއަށް ވެސް ޑެލިވަރީގެ ޚިދުމަތް މިހާރު ފަށާފައިވާ ކަމަަށް އެ ރެސްޓޯރަންޓުން ބުނެފައިވާއިރު، މިއީ ޒުވާނުންނާއި އާއިލާތަކުގެ މެދުގައި މަގުބޫލު ޕިއްޒާތަކެއް ކަމަށް އެ ރެސްޓޯރަންޓުން ބުނެ އެވެ.

މާލެއަށް ކުރިން ޑެލިވަރީ ކުރިނަމަވެސް، ކޮވިޑްގެ ހާލަތާއެކު މާލެ ޑެލިވަރީ ކުރުން މެދުކަނޑަލެވުނެވެ.

ޕިއްޒާ ކިޗަންއިން ޑައިން އިން ކުރައްވާ ފަރާތްތަކަށް އެކި ރަހަތަކުގެ މީރު ބުއިންތަށް ވެސް ލިބެންހުންނާނެ ކަމަށް ޕިއްޒާ ކިޗަން އިން ބުނެ އެވެ.

ޕިއްޒާ ކިތަންގެ ޕިއްޒާއަށް އޯޑަރުކުރުމަށް 3356565 ނަންބަރަށް ގުޅައިގެން ވެސް މާލެ ސަރަޙައްދުގައި ހިލޭ ގެންގޮސްދޭނެ އެވެ. މީގެ އިތުރުން 7876565 އަށް ވައިބާ އިން ވެސް އޯޑާރު ދެވޭނެ އެވެ.

ޕިއްޒާ ކިޗަން ހުންނާނީ ހުޅުމާލޭގެ ހިތިގަސް މަގުގެ 6 ވަނަ ގޯޅީގަ އެވެ.