އަތޮޅު ތެރޭގައި ތިބި އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް ހާއްސަ ޕެއިންޓެއް އެސްޓީއޯއިން މިއަދު ތައާރަފު ކޮށްފި އެވެ.

"ނިޕޯން މެޓެކްސް" ރޭންޖުގެ މިޕެއިންޓް ތައާރަފްކޮށްދެއްވީ އެސްޓީއޯ ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ނިޕޮން ޕެއިންޓް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓްސްގެ ސީނިއާ މެނޭޖަރު ހެންރީ އެންގް އެވެ.

ހެޔޮ އަގެއްގައި ލިބުމުގެ އިތުރުން، ނިޕޯންގެ މިޕެއިންޓް އެހެން ޕްރޮޑަކްޓްތަކާއި ތަފާތުވާ އެއް ސަބަބަކީ މިޕެއިންޓް ލިބެންހުންނާނީ ހަތް ލީޓަރު އަދި 20 ލީޓަރު ޕެކިންގް ގަ އެވެ. އަދި އެހެން ނިޕޮން ޕެއިންޓް ކުލަތައް ފަދައިން މި ޕެއިންޓަކީ މިކްސް ކުރަންނުޖެހޭ، ވަގުތުން ބޭނުންކޮށްލެވޭނެ ޕެއިންޓެކެވެ.

އެސްޓީއޯއިން ނިޕޯން މެޓެކްސް ކުލަ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ

"މިހެންކަމުން ކުލަލުމަށް ފަސޭހަވެ، މަސައްކަތައް ހޭދަވާ ވަގުތު ކުޑަކޮށްދޭ. ނިޕޮން ޕެއިންޓް މެޓެކްސްގެ ޕެއިންޓްތަކަކީ ސިމެންޓީ، ކޮންކްރީޓް، ސީލިން، ޕްލަސްޓަ ވޯލް ފަދަ ތަންތަކުނައި ފަސޭހައިން ލެވޭ މެޓް ފިނިޝްއެއް ހުންނަ ޕެއިންޓެއް. އޭގެ އިތުރުން މެޓެކްސްއަކީ ވޯޓާ -ބޭސްޑް، އެއްވެސް ލީޑް އަދި މާކިއުރީ އެއް ނުލާ އުފައްދަފައިވާ ޕެއިންޓެއް،" އެސްޓީއޯ އިން ބުންޏެވެ.

މެޓެކްސް ކުލަތަކުގެ ގޮތުގައި އެސްޓީއޯއިން މިފަހަރު ތައާރަފްކުރަނީ "ޝޭޑްސް އޮފް ވައިޓް"ގެ ކުލަތަކެކެވެ.

1955 ވަނަ އަހަރު އުފައްދާފައިވާ ނިޕޮން ޕެއިންޓް ކުންފުންޏަކީ އެކި ބޭނުންތަކަށް، އެކި ކޮލިޓީގެ ކުލަތައް ދުނިޔޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ ކުންފުންޏެކެވެ. ދުނިޔޭގައި ފެންވަރުގައި ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ތައާރަފްކުރުމުގައި އެންމެ އިސްކަންދީފައި ވަނީ ކޮންމެ ބޭނުމަކަށް ވެސް ކޮލިޓީ ކުލަތައް ފޯރުކޮށްދިނުމާއި ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކެއް ފޯރުކޮށްދިނުމަށެވެ.