މިއަހަރުގެ މެރިން އެކްސްޕޯގައި ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ކުންފުނިތަކުގެ ގިނަ އުފެއްދުންތަކެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފި އެވެ.

މެރިން އެކްސްޕޯ ފެށީ މިއަދު ހަވީރު 4:00ގައި ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.

މި އެކްސްޕޯގައި 60 އެއްހާ ކުންފުނި ބައިވެރިވާއިރު، މި އެކްސްޕޯގެ ލުބްރިކެންޓް ޕާޓްނަރަކީ ވިލާ އެވެ. ލުބްރިކެންޓް ޕާޓްނަރެއްގައި ގޮތުގައި ވިލާއިން އިން އެ އެކްސްޕޯގައި މާކެޓް ކުރަނީ ޝެލް ބްރޭންޑްގެ ލުބްރިކެންޓެވެ.

ޝެލްއަކީ ދުނިޔޭގެ އެއްވަނަ ލުބްރިކެންޓް ބްރޭންޑެވެ. އަދި ޝެލްގެ ރޭންޖުގެ ގޮތުގައި އެކްސްޕޯގައި ޑިސްޕްލޭ ކުރަނީ މެރިން ރޭންޖް، ޕަވާ ޖެނެރޭޝަން ރޭންޖް، ހައިޑްރޯލިކް ރޭން އަދި ލޭންޑް ޔޫސް އެވެ.

ވިލާ އިން އެކްސްޕޯގައި މެރިން ދާއިރާއާ ގުޅޭ އެކިއެކި އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ވިލާ ޓިމްބާ އާއި ވިލާ ފްލައިވުޑް އަދި ފްލައިވުޑްގެ ވެސް ވަކިން ހާއްސަކޮށް މެރިން ފްލައިވުޑް ޑިސްޕްލޭ ކުރެ އެވެ.

މި ފަހަރުގެ އިވެންޓްގައި ވިލާއިން ބައިވެރިވި އެންމެ ބޮޑު މަގްސަދަކީ އެ ސްޓޯލަށް ދާ ކަސްޓަމަރުންނަށް ވިލާއިން ވިއްކާ ޕްރޮޑަކްސްޓްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވްސް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ މެރިން އެކްސްޕޯ ބާއްވާ މިއީ 7 ވަނަ ފަހަރެވެ.

އެ އެކްސްޕޯ ކުރިއަށް ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.