ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިހާރު ކުރިއަށްދާ މެރިން އެކްސްޕޯ 2022ގައި ހުރިހާ ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޝެލް ބްރޭންޑްގެ އާރް4 އެކްސް15 ޑަބްލިއު- 40 މަލްޓި ގްރޭޑް 20 ލީޓަރުގެ ޓައްޕު ދައްކާލައިފި އެެވެ.

މާދަމާ ރޭގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯގައި ވިލާ ހަކަތައިން ބައިވެރި ވަނީ އޮފިޝަލް އިންޖީނު އޮއިލް ޕާޓްނާގެ ހައިސިއްޔތުންނެވެ. އެ ބްރޭންޑްގެ އުފައްދުންތައް ވަރަށް ބޮޑަށް މި އެކްސްޕޯގެ ވިލާ ހަކަތަ ސްޓޯލްގައި ދައްކައި، މައުލޫމާތު ދޭނެ އެވެ.

ޝެލް ބްރޭންޑަކީ ދުނިޔޭގެ އިތުބާރާއި މަގުބޫލުކަން ހޯދައިފައިވާ އަޑީ ތެޔޮ ބްރޭންޑެވެ. މިގޮތުން ވިދި ވިދިގެން ފާއިތުވި 15 އަހަރު ދުނިޔޭގެ އެންމެ މަގްބޫލުއަޑީ ތެޔޮ ބްރޭންޑްގެ ލަގަބު ހޯދައިފައި ވަނީ ޝެލް އެވެ.

ވިލާ ހަކަތައަކީ މި ބްރޭންޑްގެ ރާއްޖޭގެ މާކެޓާއި ގުޅޭ ހުރިހާ މުހިންމު އަޑީތެލުގެ ބާވަތްތައް ގެންނަ ހަމައެކަނި ކުންފުންޏެވެ.

ވިލާ ހަކަތައިގެ އޮފިޝަލަކު ވިދާޅުވީ، ޝެލް ބްރޭންޑްގެ ރިމުއުލާ އާރް4 އެކްސް 15ޑަބްލިއު-40އަކީ ކަނޑު އުޅަނދު ފަހަރުތަކާއި، ޕަވާ އިންޖީނިއަރިންއަށް ހާއްސަ އަޑީ ތެލެއް ކަމަށެވެ

މިއަޑީ ތެލުގެ ސަބަބުން އިންޖީނުގެ މެއިންޓެނަސްއަށް ކުރާ ހަރަދު ކުޑަވެ، އިންޖީނު ތެރޭގައި އުފެދޭ އެސިޑް އަދި ދަބަރު ކޮންޓްރޯލްކޮށްދީ، އިންޖީނުގެ މުހިންމު ބައިތަށް ގިނަ ވަގުތު ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، އިންޖީނުގެ އުމުރު ދިގުކޮށްދެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގައި ހުރިހާ ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޝެލް ބްރޭންޑްގެ އާރް4 އެކްސް15 ޑަބްލިއު- 40 މަލްޓި ގްރޭޑް 20 ލީޓަރުގެ ޓައްޕު ދައްކާލަނީ. ފޮޓޯ: ވިލާ ހަކަތަ

މި އަޑީ ތެލަކީ ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ އަޑީ ތެލެއް ނަމަވެސް، ޕަވާ ޖެނެރޭޝަން ނުވަތަ ހަކަތަ އުފެއްދުމަށް ބޭނުންކުރާ އިންޖީނުތަކަށް ވެސް މި އަޑީ ތެޔޮ ބޭނުން ކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި މީގެ ކުރިން މި ވައްތަރު ވިއްކަމުން ގޮސްފައި ވަނީ 209 ލީޓަރު ފީފާ އާއި ހަތަރު ލީޓަރުގެ ހަމުގައި ނަމަވެސް މިހާރު މި ޕްރޮޑަކްޓް 20 ލީޓަރު ޓައްޕު ވިލާ ހަކަތައިން މި ވަނީ ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.

"ކުރިން ވިއްކަމުން ދިޔައީ ފީފާ އިންނާއި ހަތަރު ލީޓަރުގެ ހަމުގައި. ދެން މަދުން ބޭނުންވާ މީހުންނަށް ކިރައިގެން ވިއްކަމުން ދިޔައީ، މިހާރު އަޅުގަނޑުމެންކިރައިގެން ވިއްކުމަށް ނިމުމެއް މި ގެނައީ. ބޭނުންވަނީ އޮރިޖިނަލް ޕެކިންގައި މާކެޓަށް ޑިސްޓިބިއުޓު ކުރަން. މިހާރު 20 ލީޓަރުގެ ޕެކިންގައި ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ރިމުއުލާ އާރް4 އެކްސް 15ޑަބްލިއު-40ގެ 209 ލީޓަރުގެ ފީފާގެ އިތުރުން 4 ލީޓަރުގެ ހަމާއި، 20 ލީޓަރު ޓައްޕު ވިލާ ހަކަތައިން ލިބޭނެއެވެ.