އެސްޓީއޯއިން ވިއްކާ ޕެޓްރޯ ލީޓަރަކުން 58 ލާރި، ޑީސަލް ލީޓަރަކުން 45 ލާރި އަގުހެޔޮކޮށްފި އެވެ.

ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާ ކުންފުނިން މިއަދު ބުނީ ދުނިޔޭގެ މާކެޓްގައި ތެލުގެ އަގު އެތައް ފަހަރަކު އުފުލުނުއިރު އެ ކުންފުނިން ތެލުގެ އަގަށް ބަދަލު ގެނެސްފައި ވަނީ އެންމެ ދެފަހަރު ކަމަށެވެ. އަދި އެ ގޮތަށް ތެލުގެ އަގު ބަދަލުކުރުމުގައި އެސްޓީއޯއަށް ތެޔޮ ގަންނަ އަގު ބޮޑުވި ނިސްބަތުން، އެ ކުންފުނިން ތެލުގެ އަގު ބަދަލުކޮށްފައިނުވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ ޖޫން 22 ވަނަ ދުވަހު އެވެ. އެ ފަހަރު ވަނީ ޕެޓްރޯލް ލިޓަރަކުން 1.95ރ. ބޮޑުކޮށްފަ އެވެ. އަދި ޑީސަލް ލިޓަރަކުން 1.97ރ. ބޮޑުކޮށްފައިވެ އެވެ.

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް ވުރެ މައްޗަށް ދިއުމަށް ފަހު މިހާރު ވަނީ 89 ޑޮލަރަށް ތިރިވެފަ އެވެ.