ބޮޑެތި އިނާމުތަކެއް ލިބޭ ގޮތަށް އެސްޓީއޯއިން "މަގޭ ހިޔާ" ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ގޭގެއަށް ބޭނުންވާ ހޯމް އެޕްލަޔަންސްތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެކެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ނޮވެންބަރު 10ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން އަކީ ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

އެސްޓީއޯ އިން ވަނީ ބޮޑެތި އިނާމުތަކާއެކު "މަގޭ ހިޔާ" ޕްރޮމޯޝަނެއް ފަށާފައި.. ފޮޓޯ:އެސްޓީއޯ

މި ޕްރޮމޯޝަންގައި 15،000ރ. އާއި 25،000ރ. އާ ދެމެދުގެ ވިޔަފާރިކުރާ ފަރާތްތަކަށް ޕްރޮޑަކްޓުތަކުން 12 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި 25،000ރ. އާއި 35،000ރ. އާ ދެމެދުގެ ވިޔަފާރި ކުރާ ފަރާތްތަކަށް 15 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ. އޭގެ އިތުރުން، 35،000ރ. އިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް 18 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ.

އެސްޓީއޯ އިން ވަނީ ބޮޑެތި އިނާމުތަކާއެކު "މަގޭ ހިޔާ" ޕްރޮމޯޝަނެއް ފަށާފައި.. ފޮޓޯ:އެސްޓީއޯ

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ 5،000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. ޕްރޮމޯޝަނުގައި ނަގާ ގުރުއަތުން އެއް ވަނަ ހޮވޭ ފަރާތަކަށް 20،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ދެ ވަނަ އަށް 10،000ރ. ގެ ފައިސާގެ އިނާމެއް އަދި ތިން ވަނަ އަށް 5،000ރ. ގެ ގިފްޓު ވައުޗަރެއް ވަނީ ކަނޑައަޅައިފަ އެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގެ ގްރޭންޑް ލަކީ ޑްރޯގެ އިތުރުން ކޮންމެ ހަފްތާއަކު ނަސީބުވެރިން ހޮވާ އަގުހުރި އިނާމުތަކެއް ދޭނެ ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރަސްލް ހޮބްސް އާއި ރެމިންޓަން ފަދަ މޮޅެތި ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ދަނީ ވިއްކަމުންނެވެ.